ދެވަނަ މެޗުން ފަސޭހަ ކަމާއެކު އޭދަފުށި މޮޅުވެއްޖެ

މިރޭ ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔާގެ މާގު ހޯދި އަލީ ޒުބައިރު
މިރޭ ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔާގެ މާގު ހޯދި އަލީ ޒުބައިރު

 

އައިލޭންޑާސް ކަޕް ފުޓްސަލް މުބާރާތުގައި އޭދަފުށީ ޓީމު ކުޅުނު ދެވަނަ މެޗުގައި މިރޭ ހދ. ނޭކުރެންދޫ އަތުން ފަސޭހަކަމާއެކު މޮޅުވެއްޖެ އެވެ.

މާލޭ މިނީ ފުޓްސަލް ދަނޑުގައި މިހާރު ކުރިއަށްދާ މުބާރާތުގައި ނޭކުރެންދޫ އަތުން އޭދަފުށި މޮޅުވީ 10-3 ލަނޑުން މޮޅުވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޭދަފުށީ ޓީމުގެ އަލީ ޒުބައިރު އެވެ.

މިރޭގެ މެޗުގައި އޭދަފުށީ ޓީމަށް އަލީ ޒުބައިރު އާއި އިޝާން އިބްރާހިމް (ސައްޓު) އަދި އަހްމަދު ހަނީފު މިއިން ކޮންމެ ކުޅުންތެރިއަކުވަނީ ދެ ލަނޑު ޖަހައިދީފަ އެވެ. ދެން ލަނޑުތައް ކާމިޔާބުކޮށްދިނީ މުއާޒު އަލީ އާއި އަހްމަދު އަޝްހަމް އާއި މުހައްމަދު ފާސިރު (ފާއްޓެ) އަދި މައުމަން އަބްދުލް ގައްޔޫމު އެވެ.

މި ގްރޫޕުގައި ހިމެނޭ އުނގޫފާރު އާއި އިނގުރައިދޫ ބައްދަލުކުރި މެޗު ނިމުނީ 2-1 އިން އުނގޫފާރު މޮޅޮވެގެންނެވެ.

މި ގްރޫޕުގެ ތާވަލުގައި 4 ޕޮއިންޓާއި ފައިދާ 9 ގޯލާއެކު މިހާރު އެންމެ ކުރީގައި އޮތީ އޭދަފުއްޓެވެ. ހަތަރު ޕޮއިންޓާއި ފައިދާ އެއް ގޯލާއެކު އުނގޫފާރު ގުރޫޕުގެ ދެ ވަނައިގައި އޮތްއިރު އިނގުރައިދޫ އޮތީ ތިން ޕޮއިންޓާއެކު ގްރޫޕުގެ ތިން ވަނައިގަ އެވެ. މިރޭގެ މެޗުން ނޭކުރެންދޫ ބަލިވުމުން އެއްވެސް ޕޮއިންޓެއް ނުލިބި މުބާރާތުންވަނީ ކަޓައިފަ އެވެ.

ޓީމުގެ ތިންވަނަ މެޗުގައި ހޮނިހިރު ދުވަހުގެ ހަވީރު އޭދަފުށި ޓީމު ނުކުންނާނީ ރ އިނގުރައިދޫ އާ ދެކޮޅަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.