އަނަންތަރާ އިން ތެލެސީމިޔާ ސެންޓަރަށް ލޭ ހަދިޔާކޮށްފި

އަނަންތަރާ ކިހަވައް ވިލާސްގެ މުވައްޒަފުން ތެލެސީމިޔާ ސެންޓަރަށް ލޭ ހަދިޔާކުރަނީ: އީޓީ ފޮޓޯ / ތޯރިގް
އަނަންތަރާ ކިހަވައް ވިލާސްގެ މުވައްޒަފުން ތެލެސީމިޔާ ސެންޓަރަށް ލޭ ހަދިޔާކުރަނީ: އީޓީ ފޮޓޯ / ތޯރިގް

 

ބ. އަތޮޅު އަނަންތަރާ ކިހަވައް ވިލާސް ރިސޯޓުގައި ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ހިންގައިފި އެވެ.

އައިޖީއެމްއެޗުގެ ބްލަޑު ބޭންކާއި ގުޅިގެން މިއަދު އެ ރިސޯޓުގައި ކުރިއަށް ގެންދިޔަ ކޭމްޕްގައި އެ ރިސޯޓުގެ މުވައްޒަފުންގެ އިތުރުން ކުޑަރިކިލާއި ކެންދޫގެ ބައެއް އާއްމުންވެސް ލޭ ހަދިޔާކުރި އެވެ.

އެ ރިސޯޓުގެ އެޗްއާރު އެގްޒެކެޓިވް އިސްމާއިލް ޝަހީމު ވިދާޅުވީ އަނަންތަރާ މޯލްޑިވްސް ހިންގަމުން އަންނަ މައިނާ ގުރޫޕްގެ ފައުންޑަރ ގެ އުފަންދުވަހާއި ގުޅުވައިގެން މި ކޭމްޕް ބޭއްވުމުގެ ބޭނުމަކީ ރާއްޖޭގެ އެކި ކަންކޮޅުގައި ތިބި ތެލެސީމިއާ ބަލި ކުދިންނަށް އެހީތެރިވެދިނުން ކަމަށެވެ.

އަނަންތަރާ ކިހަވައް ވިލާސްގެ މުވައްޒަފުން ތެލެސީމިޔާ ސެންޓަރަށް ލޭ ހަދިޔާކުރަނީ: އީޓީ ފޮޓޯ / ތޯރިގް
އަނަންތަރާ ކިހަވައް ވިލާސްގެ މުވައްޒަފުން ތެލެސީމިޔާ ސެންޓަރަށް ލޭ ހަދިޔާކުރަނީ: އީޓީ ފޮޓޯ / ތޯރިގް

 

އަނަންތަރާއިން ބުނީ އެ ކުންފުނީގެ އިޖުތިމާއީ އަދި އިންސާނީ ޒިންމާގެ ދަށުން، މިދިޔަ އަހަރުން ފެށިގެން ލޭ ހަދިޔާކުރަމުން އަންނަ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.