ދަރަވަންދޫގައި ތެޔޮ ޝެޑެއް ހުޅުވަނީ

ދަރަވަންދޫގައި ހުޅުވަން ތައްޔާރުވަމުން ގެންދާ ޕެޓްރޯލް ޝެޑް؛ މި ޝެޑު އަންނަ ހޯމަ ދުވަހު ރަސްމީކޮށް ހުޅުވާނެ: އީޓީ ފޮޓޯ / ތޯރިގް
ދަރަވަންދޫގައި ހުޅުވަން ތައްޔާރުވަމުން ގެންދާ ޕެޓްރޯލް ޝެޑް؛ މި ޝެޑު އަންނަ ހޯމަ ދުވަހު ރަސްމީކޮށް ހުޅުވާނެ: އީޓީ ފޮޓޯ / ތޯރިގް

 

ޕެޓްރޯލާއި ޑީސަލް ވިއްކުމަށް ހާއްސަ ތެޔޮ ޝެޑެއް ބ. ދަރަވަންދޫގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ އިރު އަންނަ ހޯމަ ދުވަހު އެތަން ހުޅުވައި ހިދުމަތް ދޭން ފެށޭނެ ކަމަށް ދަރަވަންދޫ ފިއުލު ސާވިސް އިން ބުނެފި އެވެ.

ދަރަވަންދޫ ފިއުލު ސާވިސްގެ ޑައިރެކްޓަ އޮފް ސޭލްސް އެންޑް މާކެޓިން އާމިނަތު ލޫނާ ވިދާލުވީ އެރަށު ބަނދަރު އިރުމަތީ ސަރަހައްދުގައި ހުޅުވާ ތެޔޮ ޝެޑް ހުޅުވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ނިމިފައިވާ ކަމަށެވެ. އެ ގޮތުން މެޝިން ބަހައްޓައި ކުރަންޖެހޭ އެހެން މަސައްކަތްތައް ވެސް މިހާރު ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

“އަޅުގަނޑުމެން މިހާރު މަސައްކަތްކުރަމުން އަންނަ ހޯމަ ދުވަހު ޝެޑް ހުޅުވައި ހިދުމަތް ދޭން، ތެޔޮ ޝެޑް ހުޅުވުމަށް ހޯމަ ދުވަހު މެންދުރުފަހު ދަރަވަންދޫގައި ޚާއްސަ ރަސްމިއްޔާތެއްވެސް އޮންނާނެ” އޭނާ ވިދާޅުވި އެވެ.

oilsched

އުޅަނދު ފަހަރަށް ފަސޭހަ އިން ކައިރިކޮށްލެވޭ ގޮތަށް ދަރަވަންދޫ ބަދަރުގެ އިތުމަތީ ސަރަހައްދުގައި ހަދާފައިވާ މި ތެޔޮ ޝެޑް ހުޅުވުމުން ދަތުރުވެރިންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ފިއުލް ސާވިސް އިން ބުނެއެވެ. އެގޮތުން މި ޝެޑުން ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް ހިދުމަތް ލިބޭނެ ކަމަށްވެސް އެތަނުން ބުންޏެވެ.

އެ ތަނުން ބުނީ މީގެ އަހަރެއްހާ ދުވަސްކުރިން ހަދަންފެށި ތެޔޮ ޝެޑް ހުޅުވުމަށް ގާތްގަޑަކަށް 5.2 މިލިއަނެއްހާ ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ.

ދަރަވަންދޫގައި ތެޔޮ ޝެޑެއް ހަދައިގެން ހިދުމަތް ދޭން ފަށާ އިރު، މިއަތޮޅުގެ ބައެއް ރަށަރަށުން މިހާރު ވެސް ތެޔޮ ވިއްކަމުން ގެންދެ އެވެ. އެހެން ނަމަވެސް މިއީ ރ، ބ. އަދި ޅ އަތޮޅު ހިމެނޭ މި ސަރައްދުގައި ތެޔޮ ޝެޑެއް ހަދައިގެން ހިދުމަތް ދޭން ފަށާ ފުރަތަމަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.