މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ރޮބެން އަމިއްލަ ފުށީގައި

ރޮބެން އަމިއްލަ ފުށީގައި
ރޮބެން

 

މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ނެދަލެންޑްސް ފޯވާޑް އާޔެން ރޮބެން ބ. އަތޮޅު އަމިއްލަފުށީ ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

“އީޓީ” އަށް ކަށަވަރުވެފައިވާ ގޮތުގައި ރޮބެން ޗުއްޓީ ހޭދަކުރުމަށް އެ ރިސޯޓަށް އައިސްފައިވަނީ ޖޫން 6 ގައެވެ. ރޮބެން އާއި އޭނާގެ އަންހެނުން އަދި ދެ ކުދިންވެސް އަންނަނީ އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުންނެވެ.

މިއަދު މެންދުރުކުރި ރޮބެން ވަނީ އެންމަޑި އާއި ފެހުރިހި އުޅޭ ހަނިފަރު ސަރަހައްދަށް އޭނާގެ ދޮށީ ދަރިފުޅާއެކު ފީނަށް ގޮސްފަ އެވެ. މި ދުވަސްވަރަކީ ހަނިފަރު ސަރަހައްދުން އެންމަޑި އާއި ފެހުރިހި ފެންނަން ފަށާ ދުވަސްވަރެވެ. މިއަދު އެ ސަރަހައްދުން ރޮބެންއަށް އެއް ވަގުތަކު ސާޅީހަކަށްވުރެ ގިނަ އެންމަޑި ފެންނާނެ ކަމަށް ވެ އެވެ.

ރޮބެން މިއަދު ހަނިފަރު ސަރަހައްދުގައި ފީނަނީ
ރޮބެން މިއަދު ހަނިފަރު ސަރަހައްދުގައި ފީނަނީ

 

އިނގިރޭސި ވިލާތުގެ މަޝްހޫރު ޗެލްސީ އާއި ސްޕޭންގެ ރިއަލް މެޑްރިޑް އަށް ކުޅެފައިވާ ހޮލެންޑުގެ ތަރި މިހާރު ކުޅެމުން އަންނަނީ ޖާމަނީގެ ޗެމްޕިއަން ބަޔާން މިއުނިކަށެވެ. އޭނާ އެ ކުލަބާ 2009 ވަނަ އަހަރު ގުޅުނީ ރެއާލް މެޑްރިޑުން 24 މިލިއަން ޕައުންޑަށެވެ.

ރޮބެން ވަނީ ބަޔާން މިޔުނިކްގެ އެންމެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވިފަ އެވެ. މީގެ އިތުރުންވެސް ވޭތުވެދިޔަ އެންމެ ފަހުގެ 2 ވޯލްޑްކަޕް ގައި ހޮލެންޑް ހޯދި ކާމިޔާބީތަކުގެ ބޮޑު ދައުރެއްވެސް އަދާކޮށްފައިވަނީ  ރޮބެން އެވެ.

ރޮބެން ޗުއްޓީ ހޭދަކޮށްލުމަށް މިދިޔަ އަހަރުވެސް ރާއްޖެ އައިސްފައިވެ އެވެ. އެފަހަރު އޭނާ ޗުއްޓީ ހޭދަކުރީ މިއަތޮޅު ފޯސީޒަން އެޓް ލަނޑާގިރާވަރު ރިސޯޓްގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.