އޭދަފުށި ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފި

މިއަދު އޭދަފުށި ސާފުކުރުމުގެ މަސައްކަތް ކުރަނީ. މިޕްރޮގްރާމުގައި އާއްމުންގެ ބައިވެރިވުން ފެނުނީ ކުޑަކޮށް-- އީޓީ ފޮޓޯ / ތޯރިގް
މިއަދު އޭދަފުށި ސާފުކުރުމުގެ މަސައްކަތް ކުރަނީ. މިޕްރޮގްރާމުގައި އާއްމުންގެ ބައިވެރިވުން ފެނުނީ ކުޑަކޮށް– އީޓީ ފޮޓޯ / ތޯރިގް

 

އޭދަފުށި ސާފުކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

އޭދަފުށީ ކައުންސިލާއި ސަރުކާރުގެ އިދާރާ އަދި އަމިއްލަ ކުންފުނިތައް ގުޅިގެން ފެށި މި ޕްރޮގްރާމަކީ “މަދިރި ރުޅި-ރުޅި” ކެމްޕޭނުގެ ދަށުން މަދިރި އުފެދޭ ތަންތަން ނައްތާލުމަށާއި ރަށުތެރެ ސާފުކޮށް ބޭއްވުމުގެ ގޮތުން ފެށި ޕްރޮގްރާމެއް ކަމަށް ރަށޫ ކައުންސިލުން ބުންޏެވެ.

މިއަދު ހެނދުނު ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ރަށުގެ ގޮނޑު ދޮށުންނާއި ރަށުތެރޭގެ އެކި ސަރަހައްދުތަކުން ގިނަ އަދަދެއްގެ ގިނަ އަދަދެއްގެ ކުނި ނެގިފައިވާއިރު އާންމު ގޮތެއްގައި ނެގިފައިވަނީ ޕްލާސްޓިކް ފުޅިއާއި ދަޅާއި ނެޕީފަދަ ތަކެއްޗެވެ.

މިއަދު އޭދަފުށި ސާފުކުރުމުގެ މަސައްކަތް ކުރަނީ. މިޕްރޮގްރާމުގައި އާއްމުންގެ ބައިވެރިވުން ފެނުނީ ކުޑަކޮށް-- އީޓީ ފޮޓޯ / ތޯރިގް
މިއަދު އޭދަފުށި ސާފުކުރުމުގެ މަސައްކަތް ކުރަނީ. މިޕްރޮގްރާމުގައި އާއްމުންގެ ބައިވެރިވުން ފެނުނީ ކުޑަކޮށް– އީޓީ ފޮޓޯ / ތޯރިގް

 

ރަށު ކައުންސިލުގެ ޒިންމާދާރުވެރިޔާ ނިއުމާ އަހުމަދު ވިދާޅުވީ މި ޕްރޮގްރާމުގެ ދަށުން ކުރިއަށްއޮތް ހަފްތާގައިވެސް ގިނަ ހަރަކާތްތަކެއް ރަށުގައި ހިންގޭނެ ކަމަށެވެ. ސާފުކުރުމުގެ މި ޕްރޮގްރާމަށް އާއްމުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށްވެސް ނިއުމާ ވިދާޅުވި އެވެ.

މިއަދު އޭދަފުށި ސާފުކުރުމުގެ މަސައްކަތް ކުރަނީ. މިޕްރޮގްރާމުގައި އާއްމުންގެ ބައިވެރިވުން ފެނުނީ ކުޑަކޮށް-- އީޓީ ފޮޓޯ / ތޯރިގް
މިއަދު އޭދަފުށި ސާފުކުރުމުގެ މަސައްކަތް ކުރަނީ. މިޕްރޮގްރާމުގައި އާއްމުންގެ ބައިވެރިވުން ފެނުނީ ކުޑަކޮށް– އީޓީ ފޮޓޯ / ތޯރިގް

 

މި ޕްރޮގްރާމްގައި އާންމުންގެ އެއްބާރުލުން ހޯދުމަށް ޓަކައި ރަށު ކައުންސިލުންވަނީ އަޑުގަދަކުރާ މެދުވެރިކޮށް އާއްމުން ބައިވެރިވުމަށް އެދިފަ އެވެ. އަދި އޮފީސްތަކުގެ މުވައްޒަފުންނާއި ސްކޫލު ދަރިވަރުން މި ޕްރޮގްރާމުގައި ބައިވެރިކޮށްދިނުުމަށް ވަނީ ލިޔުމުން އެ އިދާރާތަކަށް ވެސް އަންގައިފަ އެވެ. އެހެން ނަމަވެސް، މިއަދު އެ ޕްރޮގްރާމް ކުރިއަށް ދިޔައިރު، ސާފުކުރުމުގެ ޕްރޮގްރާމްގައި އާންމުންނާއި މުވައްޒަފުން އަދި ދަރިވަރުންގެ ބައިވެރިވި ތަން ފެނުނީ ވަރަށް ކުޑަކޮށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.