ރާއްޖޭގައި ކޮރޯނާވައިރަސް ފެތުރެމުންދާތީވެ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ކްލަބް އޭދަފުށިން ކުރިއަށްގެންދާ ޓްރެއިނިންތައް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
ކްލަބް އޭދަފުށިން މިވަގުތު ކުރިއަށް ދަނީ މަޝްހޫރު ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ގެ ކޯޗުގެ ކަމުގެ ދަށުން ޖަޒީރާ ޗެމްޕިއަންޝިޕަށް ތައްޔާރުވަމުންނެވެ.
ކްލަބް އޭދަފުށިން ނެރުނު ބަޔާނުގައި އެ ކްލަބުން ޝެޑިއުލްކޮށްގެން ކުރިއަށް ގެންދާ ޓްރޭނިން ސެޝަންތައް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މެދުކަނޑާލާފައިވާ ކަމަށެވެ.
މުޅި ދުނިޔެ އަށް ފެތުރިފައިވާ ބަލިމަޑުކަމަކަށް ބަދަލުވެފައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ކަނޑައަޅާފައިވާ ކޮރޯނާވައިރަހާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުޅިވަރުކުޅޭ ދަނޑުތައް ބަންދުކޮށް ހަރަކާތްތައް ވަނީ މެދުކަނޑާލަމުންނެވެ. އެގޮތުން ގްރާސްރޫޓްސް ސެޝަންތަކާއި ޔޫތު ޑިވެލޮޕްމަންޓް (ވައިޑީޕީ) ޕްރޮގްރާމުތައްވެސް ވަނީ ހުއްޓާލައިފަ އެވެ.