ވިލާ ކޮލެޖު އޭދަފުށީ ކެމްޕަހުން ބޮޑެތި މީހުންނަށް އިނގިރޭސި ބަސް ދަސްކޮށްދޭ ކޯސްތަކެއް ހިންގާ ގޮތަށް ހަމަޖައްސައިފި އެވެ.
ވިލާ ކޮލެޖު އޭދަފުށީ ކެމްޕަހުން ބުނީ ދެ މަސްދުވަހުގެ މުއްދަތަށް ހިންގާ އިންގްލިސް ބޭސިކް ކޯހުގައިި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ. ވެ.
އަންނަމަހު ފަށަން ހަމަޖައްސާފައިވާ މި ކޯހުގެ ފީއަކީ މަހަކު 500ރ. އެވެ.
މި ކޯސް ފުރިހަމަ ކުރާ ބައިވެރިންނަށް ކޯސް ނިމޭ އިރު އިނގިރޭސި ބަހުން ލިޔެ ކިއުމާއި ވާހަކަ ދެއްކުމުގެ ކުޅަދާނަކަން ލިބިގެން ދާނެކަމަށް ވިލާ ކޮލެޖުގެ އޭދަފުށީ ކެމްޕަހުން ބުންޏެވެ.
ވިލާ ކޮލެޖު އޭދަފުށީ ކެމްޕަހުން އަންނަނީ ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓާޒް ލެވެލްގެ ކޯސްތައް ހިންގަމުންނެވެ.