ތާރު އަޅައިގެން އޭދަފުށީގެ މަގުތައް ހެދުމަށް ރޯޑް ކޯޕަރޭޝަނާ ހަވާލުކޮށްފި

5 ރަށެއްގެ މަގު ހެދުމަށް އެމްއާރުޑީސީ އާއި ހަވާލުކުރުމަށް ބޭއްވުނު ރަސްމިއްޔާތު - ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު
5 ރަށެއްގެ މަގު ހެދުމަށް އެމްއާރުޑީސީ އާއި ހަވާލުކުރުމަށް ބޭއްވުނު ރަސްމިއްޔާތު – ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ބ. އޭދަފުށީގެ ބައެއް މަގުތައް ހެދުމުގެ މަސައްކަތް މޯލްޑިވްސް ރޯޑް ކޯޕަރޭޝަނާ ހައުސިން މިނިސްޓްރީން މިއަދު ހަވާލުކޮށް، އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ހައުސިން މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު މުހައްމަދު މުއިއްޒު އެވެ. ރޯޑް ކޯޕަރޭޝަނުގެ ފަރާތުން ސޮއި ކުރެއްވީ އެތަނުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމެވެ.

އެ މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. މުއިއްޒު ވިދާޅުވީ 33.2 މިލިޔަން ރުފިޔާގެ އެ މަޝްރޫއުގެ ދަށުން އޭދަފުށީގެ 15 މަގެއް ތަރައްގީ ކުރާނެ ކަމަށެވެ. އަދި އެ މަގުތައް ހަދަން ނިންމާފައިވަނީ ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި މަގުތަކަކީ މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓްގެ ތެރެއިން ހެދުމަށް ހަމަޖެހިފައިވާ މަގުތަކެވެ. ކުރިއަށް އޮތް ތަނުގައި މަގު ހެދުމުގެ އިތުރު މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ތާރު އަޅާ މަގުތައް ރަތްކުލައިން ފާހަގަކޮށްފައި-- އީޓީ ގްރެފިކްސް (ފޮޓޯ ގޫގަލް)
ތާރު އަޅާ މަގުތައް ރަތްކުލައިން ފާހަގަކޮށްފައި– އީޓީ ގްރެފިކްސް (ފޮޓޯ ގޫގަލް)

އޭދަފުށީގެ 3.36 ކިލޯ މީޓަރުގެ މަގު ހަދައި ނިންމުމަށް އެމްއާރުޑީސީ އާ ހަވާލުކުރެވިފައިވާއިރު މި މަސައްކަތުގެ އަމަލީ މަސައްކަތް ފަށާތާ 380 ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ. އަދި މަގުތަކުގައި ސްޕީޑް ބްރޭކަރު ހަރުކުރެވި، ފެން ހިންދުމުގެ ނިޒާމު ގާއިމުކޮށް އަދި ޓްރެފިކް ނިޝާންތައްވެސް ހަރުކުރަން ޖެހެއެވެ.

މި ރަސްމިއްޔާތުގައި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމުވެސް ބައިވެރިވަޑައިގެންނެވި އެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. hussain

    އަންނިގެ ބައިގަޑު އަދިވެސް ހޭއަރާކަށްނުވޭތަ؟ އޭދަފުށި ތަރައްގީވަމުންމިދަނީ ސިންގަޕޫރާ އެއްފެންވަރަށް…… އެމްޑީޕީ މީހުން ހިގަނީވެސް އިސްޖަހައިގެން. މިހާރު.ހަހަހަހަހާ

    ރައްދު
  2. wazan waheedh

    ކާމިނީގޭ އާއިލާއަށް ނޫނީ އޭދަފުށި ތަރަށްގީއެއް ނުކުރޭވެ.
    ސުކުރިއްޔާ ރައީސް ޔާމީން!!

    ރައްދު
  3. Mode

    މިހާ ރީތި މަގެއްގެ ފޮޓޯލާފަ އިނީމަ މީހުން ހީކުރާނީ މިރަށުގެ ގިނަ މަގުތައް ހުންނާނީ މިހިނޭ. ވަރަށް ނުގުޅޭ ފޮޓޯއެއް!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.