އޭދަފުށީގައި ދުވަހަކު ނުހިންގާވަރުގެ ބޮޑެތި މަޝްރޫއުތަކެއް މިދަނީ ހިނގަމުން: ސަލީމް

މަގު ހެދުމަށް އެމްއާރުޑީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ސަލީމް ނޫސްވެރިންނާ ވާހަކަދައްކަވަނީ-- ހަވީރު ފޮޓޯ
މަގު ހެދުމަށް އެމްއާރުޑީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ސަލީމް ނޫސްވެރިންނާ ވާހަކަދައްކަވަނީ– ހަވީރު ފޮޓޯ

 

ސަރުކާރުން އޭދަފުށީގެ ތަރައްގީއަށް މިހާރު ފަށާފައިވާ މަޝްރޫއުތަކަކީ ރަށުގެ ތާރީހުގައިވެސް މިހާތަނަށް ނުހިންގޭވަރު ޚަރަދު ބޮޑު މަޝްރޫއުތަކެއް ކަމަށް ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.

އޭދަފުށީގެ މަގުތައް ހެދުމުގެ އެއްބަސްވުމުގައި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއެކު ސޮއި ކުރުމަށް ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށްޓަކައި މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

“އަޅުގަނޑުގެ ދާއިރާއަށް އެކަނި ބަލާލިނަމަވެސް ބިން ހިއްކުމުގެ މަޝްރޫއު ނިމިގެން ގޮސް، ތޮށި ލުމުގެ މަޝްރޫއު ހިނގަމުން މިހާރުދަނީ. އެއާއެކު ފެންހޮޅި ލުމުގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް މިއޮތީީ، އޭގެ ފަހުން މަގު ހެދުމުގެ މަޝްރޫއު ހިނގަމުން މިދަނީ،” ސަލީމް ވިދާޅުވި އެވެ.

“އެހެންވީމާ ގާތްގަޑަކަށް ދަންނަވާ ނަމަ އޭދަފުށީގެ ތާރީޚުގައި އަދި މިހާތަނަށް ނުހިންގޭ ވަރުގެ ޚަރަދުބޮޑު މަޝްރޫއުތަކެއް ހިނގިގެން މިދަނީ. އެކަމަށްޓަކައި އަދުގެ ސަރުކާރަށް ޝުކުރު ދަންނަވަން” ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ މިއަދު ސޮއިކުރެވުނު މަގު ހެދުމުގެ މަޝްރޫއަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އަޅުގަނޑުމެން އެއްތަނުން އަނެއްތަނަށް ދަތުރު ކުރުމަށްޓަކައި އެންމެ މުހިއްމު ވަސީލަތަކީ މި މަގުތައް އަމާންކަމާއެކު އެއްތަނުން އަނެއްތަނަށް ދެވޭނެ ނިޒާމެއް ގާއިމުވުން ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ރާއްޖޭހެ ހުރިހާ ރަށެއްގެ މަގުތައްވެސް ހެދިގެންދާނެކަމަށް ސަލީމު ދެކެވަޑައިގަންނަވާކަމަށް އޭނާ ވިދާޅުވި އެވެ.

ބ. އޭދަފުށީގެ 15 މަގު 3.36 ކިލޯ މީޓަރަށް ތާރު އަޅައިގެން ހަދާއިރު މި މަސައްކަތް ނިންމަން ހަމަޖައްސާފައި އޮތީ 380 ދުވަހުންނެވެ. މި މަޝްރޫއަށް 33 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.