ބ. އަތޮޅުގެ ރަށްރަށަށް މުދާއުފުލާ “ނިޔާމަ” ބޯޓު ބ. އޭދަފުށީ ކަނޑިންމަ މައްޗަށް ބީހިއްޖެވެ.
މާލެއިން މުދާ ހިފައިގެން ދަތުރު ކުރި މިބޯޓު އޭދަފުއްފުޓަން ވަންނަނިކޮށ ނެރުމައްޗަށް ބީހުނީ އެވަގުތު ދިޔަވަރު ވަރަށް ބޮޑަށް ހިކިފައި ވުމުގެ ސަބަބުން ކަމަށްވެ އެވެ.
ނެރުމަތީގައި ބީހިފައި އޮތް އެ ބޯޓް ދެން ފުންކުރެވޭނީ ދިޔަ ބޮޑުވުމުން ކަމަށްވެއެވެ. މިއަހަރު ކުރީކޮޅުވެސް އެ ބޯޓު ނެރުމައްޗަށް ވަނީ ބީހިފަ އެވެ.
މިއަދު ހެނދުނު 06:00 ހާ އިރު ހިނގި މިހާދިސާގައި އެއްވެސް މީހަކަށް އަދި މުދަލަކަށްވެސް ގެއްލުން ވެފައެއް ނުވެއެވެ.
އޭދަފުށީގެ ބިން ހިއްކުމަށްފަހު ރިވެޓުމަންޓު ނުޖަހާ އޮތުމުން ގިނަ އަދަދެއްގެ ވެލި ވަނީ އޭދަފުށީގެ ބަނދަރަށް އެޅީ ނެރުމަތި ވަރަށް ބޮޑަށްވަނީ ތިލަވެފައެވެ.