މިއަހަރު ބ. އަތޮޅުގެ އިތުރު ދެ ސަރަހައްދެއްގެ މެނޭޖްމެންޓް ޕްލޭން ހަދަނީ

ގޮއިދޫ ކޯރު ސަރަހައްދު
ގޮއިދޫ ކޯރު ސަރަހައްދު

 

މިއަހަރު ނިމުމުގެ ކުރިން ބ. އަތޮޅު ބަޔޮސްފިއާ ރިޒާވުގެ އިތުރު ދެ ސަރަހައްދެއްގެ މެނޭޖްމަންޓް ޕްލޭންނިމި އާންމު ކުރެވޭނެ ކަމަށް ބަޔޮސްފިއާ ރިޒާވް އޮފީހުން ބުނެފި އެވެ.

އެ އޮފީހުގެ ކޮންޒަވޭޝަން އޮފިސަރު އަހްމަދު ޝާން “އީޓީ” އަށް ވިދާޅުވި ގޮތުގައި މެނޭޖްމަންޓް ޕްލޭން ހެދުމަށް ނިންމާފައިވަނީ ބަޔޮސްފިއާ ރިޒާވުގެ ދަށުން މިއަތޮޅުގައި ހިމާޔަތް ކުރެވިފައިއޮތް ގޮއިދޫ ކޯރު ސަރަހައްދާއި، ހިތާދޫ ކައިރީ އޮންނަ އޮޅުގިރި ސަރަހައްދެވެ.

ބ. އޮޅުގިރި. އެ ރަށް ހިމާޔަތް ކުރީ ކާށިދޫ ކަނޑުގެ ސަރަހައްދުގައި އުދުހޭ މާހޯރަ ނިދަން އަރާ ރަށަކަށްވުމުގެ އިތުރުން ގިނަ އަދަދަކަށް ވެލާ ވެސް އަރާތީ އާއި ޒަމާންވީ ގަސްތަކެއް ހުރެފައި އެ ރަށުގެ ދެ ފަރާތުގައި ތަފާތު ވެޖިޓޭޝަނެއް އޮތުމުގެ އިތުރުން ބަޔޯ ޑައިވާސިޓީގެ ގޮތުން ވަރަށް ތަފާތު ރަށަކަށްވާތީ.
ބ. އޮޅުގިރި. އެ ރަށް ހިމާޔަތް ކުރީ ކާށިދޫ ކަނޑުގެ ސަރަހައްދުގައި އުދުހޭ މާހޯރަ ނިދަން އަރާ ރަށަކަށްވުމުގެ އިތުރުން ގިނަ އަދަދަކަށް ވެލާ ވެސް އަރާތީ އާއި ޒަމާންވީ ގަސްތަކެއް ހުރެފައި އެ ރަށުގެ ދެ ފަރާތުގައި ތަފާތު ވެޖިޓޭޝަނެއް އޮތުމުގެ އިތުރުން ބަޔޯ ޑައިވާސިޓީގެ ގޮތުން ވަރަށް ތަފާތު ރަށަކަށްވާތީ.

 

ބަޔޮސްފިއާ ރިޒާވުގެ ދަށުން މިއަތޮޅުގައި މިހާރުވެސް 10 ސަރަހައްދެއް ކޯ އޭރިޔާގެގޮތުގައި ކަނޑައަޅާފައިވެ އެވެ. ކޯ އޭރިއާގެ ގޮތުގައި ކަނޑައަޅަނީ ގުދުރަތީ، ސަގާފީ އަދި ތިމާވެށީގެ ގޮތުން އެންމެ މުހިއްމު އަދި އަގުބޮޑު ވަސީލަތްތައް ހިމެނޭ ތަންތަނެެވެ.

ވަރަށްބޮޑަށް ހިމާޔަތްކުރަންޖެހޭ މި ސަރަހައްދުތަކުގައި ހުއްދަކުރެވޭނީ މިތަންތަނުގައި ހިމެނޭ ދިރުންތަކަށް އެއްވެސް ގެއްލުމެއް ނުލިބޭ އަދި އުނިކަމެއް ނާންނާނެފަދަ ކަންކަމެވެ.

އެހެން ނަމަވެސް ކޯ އޭރިއާތަކުގެ ތެރެއިން ރަނގަޅަށް މެނޭޖްމެންޓް ޕްލޭނެއް ހެދިގެން ބެލެހެއްޓެމުން އަދި އަންނަނީ ހަނިފަރު ސަރަހައްދު އެކަންޏެވެ. އެ ސަރަހައްދަކީ ފީނުމަށް ރާއްޖެ އަންނަ ޓޫރިސްޓުންގެވެސް ވަރަށް މުހިންމު މަންޒިލެކެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހަނިފަރަށް ފީނާ މީހުންގެ އަތުން ދެ ލައްކަ ފަންސާސް ހާހަށް ވުރެ ގިނަ ޑޮލަރު ރާއްޖޭގެ އިގްތިސާދަށް އަހަރަކު ލިބެ އެވެ.

ޝާން ވިދާޅުވި ގޮތުގައި ކޯރު ސަރަހައްދާއި އޮޅުގިރި ސަރަހައްދުގެ މެނޭޖްމަންޓް ޕްލޭންގެ ޑްރާފްޓް ހެދި މިއަހަރުގެ ތެރޭގައި އެ ޕްލޭން އެކުލާވާލެވި އާންމު ކުރެވިގެންދާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.