ތަރާވީޙް ނަމާދު ކުރަން ހާފިޒުން ގެނެސްފި

މަސްޖިދިލް ޔޫސުފްގައި ހުކުރު ނަމާދުކުރަނީ. މި މިސްކިތް އަންނަ ރޯދައަށް އޭސީ ކުރުމުގެ މަސައްކަތް ދަ ބިގިނާސް އިން މިހަފްތާ ފަށާނެ-- ފައިލް ފޮޓޯ
މަސްޖިދިލް ޔޫސުފްގައި ހުކުރު ނަމާދުކުރަނީ. — ފައިލް ފޮޓޯ

 

ރޯދަ މަހު އޭދަފުށީގެ މިސްކިތުގައި އިމާމުވެ ތަރާވީޙް ނަމާދުކޮށް ހިފްޒުކުރުމަށްޓަކައި ބޭރުގެ ދެ ހާފިޒުން ގެނެސްފި އެވެ.

އޭދަފުށީ ކައުންސިލުން ބުނީ ހާފިޒުން ގެނެސްފައި ވަނީ ކުރީ އަހަރުތަކުގައިވެސް މި ކަމުގައި ހަރަކާތްތެރިވަމުން އަންނަ އޭދަފުށީ ކާށިދޫގެ މޫސާ މުހައްމަދު ކަމަށެވެ. މި ވޭތުވެދިޔަ އަހަރުތަކުގެ ރަމަޟާން މަހުގައިވެސް ތަރާވީހު ނަމާދު ކުރުމަށާއި ދަމު ނަމާދުކުރުމަށްް މޫސާ މުހައްމަދު ރާއްޖެއިން ބޭރުގެ ހާފިޒުން ގެނެސްފައިވެ އެވެ.

މިއަހަރު އިމާމުން ގެނެސްފައިވަނީ ޕާކިސްތާން އަދި ސްރީލަންކާ އިންނެވެ. އެގޮތުން އެ ދެ ހާފިޒުން ވެސް މިއަދު މެންދުރުފަހު ވަނީ އޭދަފުއްޓަށް ވަޑައިގެންފަ އެވެ.

އޭދަފުށީ ކައުންސިލުގެ ރައީސް އަލީ ވަހީދު ވިދާޅުވި ގޮތުގައި މިއަހަރު ހާފިޒުން ތަރާވީޙް ނަމާދުކުރައްވާނީ ހަމައެކަނި މަސްޖިދުލް މުއީނުއްދީން ގަ އެވެ. އަދި ކުރީ އަހަރުތަކެކޭ އެއްގޮތަށް މި ރޯދަމަހުވެސް ތަރާވީސް ނަމާދާއި ދަމު ނަމާދު އަންހެން ބޭފުޅުންނަށް ކުރެވޭނެ ގޮތަށް މަސްޖިދުލް މުއީނުއްދީން ގައި އިންތިޒާމުތައް ހަމަޖައްސައިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ރޯދައަށް މަރާމަތަށް ބަންދުކުރި މަސްޖިދިލް ޔޫސުފް (ކުޑަ މިސްކިތް) އަލުން ހުޅުވައި ނަމާދު ކުރެވޭވަރު ވާނީ އަންނަ ހަފްތާތެރޭ ކަމަށެވެ.

އާންމު ގޮތެއްގައި ކޮންމެ ރޯދަ މަހެއްގައި ވެސް ޖަމާއަތުގައި ނަމާދުކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ މިސްކިތްތައް ފުރި ބޭރުގައި ވެސް ނަމާދުކުރަންޖެހެ އެވެ.

ރޯދަމަހާ އެކު މިސްކިތްތަކަށް ބާރު ބޮޑުވެފައިވާ އިރު މާދަމާއަކީ މުލަ ރޯދަ ދުވަހެވެ. އެހެންކަމުން މިރޭ މިސްކިތްތަކުގައި ތަރާވީސް ނަމާދު ކުރަން ފަށާނެ އެެވެ.

ރޯދަ މަސް ފާހަގަކުރެވެނީ އަޅުކަމާއި ބާޒާރުކުރުމާއި ކުޅިވަރުގެ ވެސް ބޮޑު މަހަކަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.