ޑެންގޫ އާއި ވައިރަލް ހުމަށް ސަމާލުވާން އިލްތިމާސްކޮށްފި

ހިއްކި ސަރަހައްދުގައި ފުންކޮށް ކޮނެފައިވާ ތަނެއްގައި މަދިރި އާލާވާ ގޮތަށް އޮތް ބޮޑު ފެންގަނޑެއް: މިތަން މިހާރުވަނީ ނައްތާލާފައި. ޑެންގީ ހުން މާލެ އާއި ރަށްރަށުގައި ފެތުރެމުންދާއިރު މަދިރި އާލާވާ ގޮތްގޮތަށް ގިނަ ތަންތަން ހުރޭ.
ހިއްކި ސަރަހައްދުގައި ފުންކޮށް ކޮނެފައިވާ ތަނެއްގައި މަދިރި އާލާވާ ގޮތަށް އޮތް ބޮޑު ފެންގަނޑެއް: މިތަން މިހާރުވަނީ ނައްތާލާފައި. ޑެންގީ ހުން މާލެ އާއި ރަށްރަށުގައި ފެތުރެމުންދާއިރު މަދިރި އާލާވާ ގޮތްގޮތަށް ގިނަ ތަންތަން ހުރޭ.

 

މި ދުވަސްވަރު ބ. އަތޮޅުގެ ބައެއް ރަށްރަށުންވެސް ޑެންގޫ ހުމުގެ ކޭސްތައް ފެންނަމުންދާތީ އެކަމަށް ސަމާލުވުމަށް އަތޮޅު ހޮސްޕިޓަލުން އިލްތިމާސްކޮށްފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓުން ބުނީ ކޮންމެ އަހަރެއްގެވެސް މިދުވަސްވަރު މަދިރީގެ ޒަރީއާއިން ޖެހޭ ބަލިތައް އިތުރުވަމުންދާ ކަމަށާއި އެހެންވެ މަދިރި މަދު ކުރުމުގެ މަސައްކަތް ކުރަން އިލްތިމާސް ކުރާ ކަމަށެވެ.

ޕަބްލިކް ހެލްތު ޔުނިޓުން ބުނީ ޑެންގީ ހުމުން ރައްކާތެރިވެވޭނީ މަދިރި ކޮންޓްރޯލްކޮށްގެން ކަމަށްވާއިރު މަދިރި މަދުކުރުމުގެ މަސައްކަތް ދުރާލައި ކުރަން ޖެހޭ ކަމަށެވެ. އަދި ޑެންގީ ހުމުން ރައްކާތެރިވުމަށް މަދިރި މަދުކުރުމަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން އެންމެން އެއްބާރުލުން ދިނުމަށް ޕަބްލިކް ހެލްތު ޔުނިޓުން އިލްތިމާސްކުރެ އެވެ.

މިހާތަނަށް ޑެންގޫގެ ސީރިއަސް ކޭސްއެއް ބ. އަތޮޅުން ނުފެނުނު ނަމަވެސް ޑެންގޫއަށް ޕޮޒިޓިވް ވެދާނެފަދަ އަލާމާތްތައް މިދުވަސްވަރު ފެންނަ އަދަދު ގިނަކަމަށް ޕަބްލިކް ހެލުތުން ބުނެ އެވެ.
ޑެންގޫ ހުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް
• ފެން ހަރުލާފައި ހުންނަ ތަކެތި ނައްތާލުން
• ކުނި ފަދަ ތަކެތި ޑަސްބިންތަކަށް އެޅުން އަދި އެ ތަކެއްޗަށް ވެސް ފެން ނޭޅޭ ގޮތަށް ބަންދުކޮށްފައި ބެހައްޓުން
• ހަށިގަނޑު ނިވާވަ ފަދަ ހެދުން އެޅުމާއި މަދިރި ލޯޝަން ބޭނުން ކުރުން
• ގޭ ތެރެއަށް މަދިރި ނުވަދެވޭ ގޮތަށް ދޮރުތައް ބަންދުކޮށްފައި ބެހެއްޓުން
• އާންމު ސާފުތާހިރު ކަމަށް ޚާއްސަ ސަމާލުކަމެއް ދިނުން

މަދިރީގެ ޒަރީއާއިންޖެހޭ ބަލިތަކުން ރައްކާތެރިވުމަށް މިދިޔަ ހަފްތާގެ ތެރޭގައި އޭދަފުށީގައި “މަދިރި ރުޅި ރުޅި” ކެންޕޭންގެ ދަށުން ރަށުތެރެ ސާފުކޮށް މަދިރި އުފެދޭ ބައެއް ތަންތަންވަނީ ނައްތާލައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.