ވޯލްޑް ޓްރެވަލް އެވޯޑްސްގައި ހިމެނޭ ގިނަ އެވޯޑްތަކެއް އަނަންތަރާއަށް

އަނަންތަރާ ކިހާވަށް ވިލާސް: އިންޑިއާ ކަނޑުގެ ޝަރަފުވެރި ތިން އެވޯޑެއް ހާސިލްކުރީ އެ ރިސޯޓުން.-- / އަންނަތަރާ
އަނަންތަރާ ކިހާވަށް ވިލާސް: އިންޑިއާ ކަނޑުގެ ޝަރަފުވެރި ތިން އެވޯޑެއް ހާސިލްކުރީ އެ ރިސޯޓުން.– / އަންނަތަރާ

 

އިންޑިއާ ކަނޑުގެ ގައުމުތަކުގެ ތެރެއިން އެންމެ ރީތި ގޮނޑުދޮށްތައް ލިބިިފައިވާ ގައުމަކަށް ރާއްޖެ ހޮވިއިރު، ވޯލްޑް ޓްރެވަލް އެވޯޑްސްގައި ހިމެނޭ ޝަރަފުވެރި ތިން އެވޯޑެއް އަނަންތަރާ ކިހާވަށް ވިލާސް އިން ހޯދައިފި އެވެ

ބ. އަތޮޅު ހުރުވަޅީގައި ހިންގަމުން އަންނަ އަނަންތަރާ ކިހަވައް ވިލާސް އިން ވަނީ އިންޑިއާ ކަނޑުގެ ގައުމުތަކުގެ ތެރެއިން އެންމެ ރޮމޭންޓިކް ރިސޯޓާއި ރާއްޖޭގެ ލީޑިން ވޯޓާ ވިލާ ރިސޯޓު އަދި ލީޑިން ސްޕާ ރިސޯޓުގެ އެވޯޑް ހާސިލްކޮށްފަ އެވެ.

ރާއްޖޭގެ އެންމެ މަގުބޫލް ލަގްޒަރީ ރިސޯޓަކަށް ކޮންސްޓަންސް ހަލަވެލި ހޮވާާފައިވެ އެވެ. އަދި އިންޑިއާ ކަނޑުގެ އެންމެ މަގުބޫލް ޓްރެވަލް އެޖެންސީއަކަށް ހޮވުނީ ރާއްޖޭގެ ގެޓް އިން ޓު މޯލްޑިވްސް އެވެ.

އަނަންތަރާ ކިހާވަށް ރިސޯޓްގެ ރެސްޓޯރަންޓެއް:
އަނަންތަރާ ކިހާވަށް ރިސޯޓްގެ ރެސްޓޯރަންޓެއް:

 

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއާ ކަނޑާއި އެފްރިކާގެ ކެޓަގަރީތަކުން އެވޯޑް ދިނުމަށް ބޭއްވި ހަފުލާ އޮތީ ސީޝެލްސްގެ ކެމްޕިންސްކީ ރިސޯޓުގަ އެވެ. ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ގާތްގަނޑަކަށް 200 ފަރާތަކުން ބައިވެރިވި މި ހަފުލާގައި، ސީޝެލްސް އާއި މޮރިޝަސްއާ ވާދަކޮށް ރާއްޖެ އިން ހޯދާފައި ވަނީ އިންޑިއާ ކަނޑުގެ އެންމެ މަގުބޫލް ބީޗް ޑެސްޓިނޭޝަންގެ އެވޯޑެވެ. އެއީ ހޮސްޕިޓެލިޓީ ދާއިރާގައި ދޭ އެންމެ ޝަރަފްވެރި އެވޯޑް ކަމަށްވާ ވޯލްޑް ޓްރެވަލް އެވޯޑްސްގައި ހިމެނޭ އެވޯޑެކެވެ.

ނަމަވެސް އިންޑިއާ ކަނޑުގެ އެންމެ މަގުބޫލް މަންޒިލުގެ ޝަރަފް ގެންދިޔައީ ސީޝެލްސް އިންނެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގައި ބ. އަތޮޅުގައި ހިންގަމުން އަންނަ ރިސޯޓްތަކުން ކޮންމެ އަހަރަކު ވެސް ފަހުރުވެރި ވަނަތަކެއް ހާސިލްކުރެ އެވެ.

[މައުލޫމާތު؛ ހަވީރު އޮންލައިނުން ނަގާފައި]

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.