ބ. އަތޮޅު ކައުންސިލު އިދާރާގެ ޑިރެކްޓަ ޖެނެރަލްގެ މަގާމަށް އޭދަފުށީ އަމަން ފާތުމަތު ނަސްރާ ހަމަޖައްސައިފި އެވެ.
ބ. އަތޮޅު ކައުންސިލު އިދާރާއިން ބުނި ގޮތުގައި ޑިރެކްޓަ ޖެނެރަލުއަކަށް ނަސްރާ ހަމަޖެއްސީ އެ މަގާމަށް ސިވިލް ސާވިސް އިން އިއުލާން ކުރުމުން، ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ނަސްރާ ހޮވުމުންނެވެ.
ބ. އަތޮޅު ކައުންސިލު އިދާރާގެ ޑިރެކްޓަ ޖެނެރަލްގެ މަގާމަކީ މިއަތޮޅުގެ ސިވިލް ސާވިސްގެ އެންމެ އިސް މަގާމެވެ.
ފާތުމަތު ނަސްރާ ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން ބެޗެލާ އޮފް ހިއުމަން ސައިންސް (މާސް ކޮމިޔުނިކޭޝަން) އިން ޑިގްރީ ހާސިލުކުރައްވާފަ އެވެ.
ފާތުމަތު ނަސްރާ ވަނީ ކުރިން އިލެކްޝަން ކޮމިޝަންގެ އޭދަފުށީ ބްރާންޗުގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުވެސް އަދާ ކޮށްފައެވެ. އަދި މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީގައާއި ފިނޭންސް މިނިސްޓްރީގެ އިތުރުން ބ. އަތޮޅު ތައުލީމީ މަރުކަޒުގައިވެސް އޭނާ މަސައްކަތް ކުރައްވާފައިވެ އެވެ.