ކުޑަ މިސްކިތް އަންނަ ހުކުރަށް ހުޅުވޭވަރުވާނެ: ކައުންސިލް

މަސްޖިދިލް ޔޫސުފް
މަސްޖިދިލް ޔޫސުފް

 

މި ރޯދަމަހަށް ބޮޑެތި މަރާމާތުތަކެއް ކުރުމަށްޓަކައި ވަގުތީ ގޮތުން ބަންދުކުރި އޭދަފުށީ މަސްޖިދު ޔޫސުފް (ކުޑަ މިސްކިތް) އަންނަ ހުކުރު ދުވަހު ހުޅެވޭވަރުވާނެ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.

ކައުންސިލުގެ ރައީސް އަލީ ވަހީދު ވިދާޅުވީ، މިސްކިތުގެ މަރާމާތުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމާ އަންނަ ހުކުރު ދުވަހުން މިސްކިތް އަލުން ހުޅުވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިސްކިތް އަލުން ހުޅުވާއިރު މިފަހަރު ބޮޑު މަރާމާތަކަށް މިސްކިތުގެ ސީލިންގް އެކީ ވަނީ ބަދަލުކޮށްފަ އެވެ. އަދި މިސްކިތް އެއްކޮށްވަނީ އެއާކޯންވެސް ކޮށްފަ އެވެ. މިިސްކިތް އޭސީ ކުރީ ކްލަބް ދަ ބިގިނާސްގެ ފަރާތުން އެ ޖަމިއްޔާގެ އެހީގަ އެވެ.

މީގެ އިތުރުންވެސް ކުލަ އާ ކުރުންފަދަ ކުދިކުދި މަރާމާތުތައް އަދިވެސް ދަނީ ކުރަމުންނެވެ.

މިސްކިތުގެ މަރާމާތުތައް ނުނިމި ހުޅުވުން ލަސްވުމުގެ ސަބަބުން ދެން ހުރި މަސްޖިދިލް މުއީނުއްދީން (ބޮޑު މިސްކިތް) އަށް މި ރޯދަމަހު ޖާގައިގެ ދަތިކަންވަނީ ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ. އެގޮތުން ރޯދަމަހު ބައެއް ނަމާދުތަކުގައި މިސްކިތުގެ އެތެރެ އާއި ބޭރު ފެންޑާ ފުރި ނަމާދުކުރާނެ ތަންކޮޅެއް ނުލިބިގެން ބައެއް މީހުން މަޑުވެސް ކުރަންޖެހެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.