ބ. އަތޮޅުގެ 9 ރަށެއްގައި ބޭރުގެ 14 ހާފިޒުން

އޭދަފުށީ ހުކުރު މިސްކިތުގައި ބަޔަކު ނަމާދު ކުރަނީ
އޭދަފުށީ ހުކުރު މިސްކިތުގައި ބަޔަކު ނަމާދު ކުރަނީ

ބ. އަތޮޅުގެ މިސްކިތްތަކުގައި އިމާމްވެ ތަރާވީހް ނަމާދު ކުރުމަށާއި ގުރުއާން ޚަތިމު ކުރުމަށް މިއަހަރު ބޭރުގެ 14 ހާފިޒުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ބ. އަތޮޅުން ރޯދައަށް ހާފިޒުން ގެނެސްފައިވާ ރަށްތަކަކީ އޭދަފުށި، މާޅޮސް، ދަރަވަންދޫ، ދޮންފަނު، ކިހާދޫ، ކަމަދޫ، ކެންދޫ އަދި ތުޅާދޫއާއި ފުޅަދޫ އެވެ.

އެ ރަށްރަށުގެ ކައުންސިލުތަކުން ބުނި ގޮތުގައި ރާއްޖެއިން ބޭރުން ގެނައި ހާފިޒުން ތަރާވީހް ނަމާދުގެ އިތުރުން ދަމު ނަމާދުވެސް ކުރަމުން ގެންދާނެ އެވެ.

ރަށްރަށުގެ ކައުންސިލުތަކުން ބުނިގޮތުގައި އަމިއްލަ ޖަމްއިއްޔާތަކާއި ހެޔޮއެދޭ ފަރާތްތަކާއި އަދި ކައުންސިލުގެ ހަރަދުގައި ގެނައި ހާފިޒުން އެ ރަށްރަށުގައި ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދަނީ ތަރާވީހް ނަމާދު ކުރަމުންނެވެ.

ކައުންސިލްތަކުން ދިން މައުލޫމާތަށް ބަލާއިރު މި ރޯދަމަހު ބ. އަތޮޅުން އެންމެ ގިނަ ހާފިޒުން ގެނެސްފައިވަނީ ދަރަވަންދޫ އިންނެވެ. އެރަށުން ހަތަރު ހާފިޒަކު ގެނެސްފައިވާއިރު އޭދަފުއްޓާ، ދޮންފަނަށް ދެ ހާފިޒުން އަދި ބާކީހުރި ރަށްރަށަށް އެއް ހާފިޒަކު ވަނީ ގެނެސްފަ އެވެ.

ތަރާވީހް ނަމާދާ، ދަމުނަމާދު ކުރުމަށް މީގެ ހައެއްކަ އަހަރުކުރިން ފެށިގެން ކޮންމެ އަހަރެއްގެވެސް ރޯދަމަހު ބ. އަތޮޅުގެ ބައެއް ރަށަްރަށަށް ބޭރުގެ ހާފިޒުން ގެނެއެވެ. ނަމަވެސް މިއަހަރަކީ އެންމެގިނަ ހާފިޒުން މިއަތޮޅަށް ގެނެވުނު އަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.