ކެންދޫ ބަނދަރު ހަދަން ކެޕިޓަލް އިންވެސްޓްމަންޓާ ހަވާލުކޮށްފި

ބ. ކެންދޫ. ފޮޓޯ / ގެސްޓްހައުސް މޯލްޑިވްސް
ބ. ކެންދޫ. ފޮޓޯ / ގެސްޓްހައުސް މޯލްޑިވްސް

ބ. ކެންދޫ ބަނދަރު ހެދުމުގެ މަސައްކަތް 29.2 މިލިއަން ރުފިޔާ އަށް ކެޕިޓަލް އިންވެސްޓްމަންޓް އެންޑް ފައިނޭންސް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފި އެވެ.

ކެންދޫގެ އިތުރުން ހއ. ކެލާ ބަނދަރު ހެދުމުގެ މަސައްކަތްވެސް މިއަދު ވަނީ އެ ކުންފުންޏާ ހަވާލުކޮށްފަ އެވެ.

ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ ދެ ރަށުގެ ބަނދަރު ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. ކެޕިޓަލް އިންވެސްޓްމަންޓުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ރާޖް މަނިވަނަން އެވެ.

ކެލާ އަދި ކެންދޫ ބަނދަރު ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު
ކެލާ އަދި ކެންދޫ ބަނދަރު ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު

ކެޕިޓަލް އިންވެސްޓްމަންޓާ އެކު ހައުސިން މިނިސްޓްރީން ވެފައިވާ އެއްބަސްވުމުގެ ދަށުން މިއަތޮޅު ކެންދޫގައި 540 ފޫޓާއި 180 ފޫޓްގެ ބަނދަނދަރެއް ހަދާގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ބަނދަރު ހަދާއިރު ކުރުމަށް ހަމަޖެހިފައިވާ މައިގަޑު މަސައްކަތްތައް؛
• 262 މީޓަރުގެ ދިގު ކޮންކްރީޓް ބްލޮކް އެއްގަމު ތޮއްޓެއް ހެދުން
• އެއްގަމު ތޮއްޓާއި އިންވެގެން 181 މީޓަރު ދިގު 5 މީޓަރު ފުޅާ ޕޭވްމަންޓެއް ހެދުން
• 145 މީޓަރު ބޮޑު ހިލައިގެ ކަނޑު ތޮއްޓެއްލުން
• 72 މީޓަރު ބޮޑު ހިލައިގެ ރިވެޓްމަންޓެއް ޖެހުން
• 87 މީޓަރުގެ ބަސްތާތޮށި ރިވެޓްމަންޓެއް ޖެހުން
• 42 މީޓަރުގެ ބަސްތާތޮށި ސީވޯލް އެއް ޖެހުން

އަދި މި އެއްބަސްވުމުގައިވާ ގޮތުން މިހާރުގެ ބަނދަރު ތެރެއިން ތިލަވެފައިވާ ސަރަހައްދުތަކާއި އަލަށް ހަދާ ބަނދަރު ސަރަހައްދު މެދު ދިޔައިން 3 މީޓަރު ފުނަށް ކޮނުމުގެ އިތުރުން އަދިބަނދަރު ނެރު ބައްތި ޖެހުމާއި، ބަނދަރު ސަރަހައްދު ބައްތި ޖެހުން ފަދަ މަސައްކަތްތައްވެސް ހިމެނެ އެވެ.

ބ. ކެންދޫގެ ބަނދަރުގެ މަސައްކަތް ކެެޕިޓަލް އިންވެސްޓްމަންޓާ ހަވާލުކޮށްފައި ވަނީ 240 ދުވަސްތެރޭގައި ނިންމުމަށް 29.2 މިލިއަން ރުފިޔާ އަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.