އޭދަފުށީގައި ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ އިންޒާރު ދީފި

އޭދަފުށީ ކުނިއަޅާ ސަރަހައްދު އެކިބާވަތުގެ ކުނިބުނިން ތަޣައްޔަރުވެފައި
އޭދަފުށީ ކުނިއަޅާ ސަރަހައްދު އެކިބާވަތުގެ ކުނިބުނިން ތަޣައްޔަރުވެފައި

ބ. އޭދަފުށީ ކުނިކޮއްޓަށް އެޅޭ ކުނި ނައްތާލެވޭނެ ގޮތެއް ނެތުމުގެ ބަލިމަޑުކަމެއް ފެތުރިދާނެކަމުގެ ބިރު ބޮޑު ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.

އޭދަފުށީ ކައުންސިލުގެ ރައީސް އަލީ ވަހީދު ވިދާޅުވީ ރަށުގައި ކުނި ނައްތާލެވޭނެގޮތެއް ނެތުމުގެ ސަބަބުން މިދިޔަ ހައެއްކަ މަސްދުވަހު ކުނިއެޅި ސަރަހައްދު އެކިބާވަތުގެ ކުނިބުނިން ތަޣައްޔަރުވެފައިވާ ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ މި މައްސަލަ ހައްލުކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކަށް ދަންނަވަމުން ދާކަމަށާއި ނަމަވެސް އަދި އެދެވޭ އިޖާބައެއް އެއްވެސް ފަރާތަކުން ނުލިބޭ ކަމަށެވެ.

މި ދުވަސްވަރަކީ މަދިރީގެ ސަބަބުން ޖެހޭ ނުރައްކާތެރި ބަލިތައް އިތުރުވަމުންދާ ދުވަސްވަރު ކަމަށްވުމުން އަލީ ވަހީދު ވިދާޅުވި ގޮތުގައި މި މައްސަލައަށް ހައްލެއް ނުލިބި ދިގުލާނަމަ، ޑެންގީހުންފަދަ ނުރައްކާތެރި ބަލިތައް ހަލުވިކަމާއެކު އޭދަފުށީގައި ފެތުރުމަކީ ވަރަށް ފަސޭހަ ކަމެކެވެ.

އޭދަފުށީ ކުނިއަޅާ ސަރަހައްދު އެކިބާވަތުގެ ކުނިބުނިން ތަޣައްޔަރުވެފައި
އޭދަފުށީ ކުނިއަޅާ ސަރަހައްދު އެކިބާވަތުގެ ކުނިބުނިން ތަޣައްޔަރުވެފައި

އަލީ ވަހީދު ވިދާޅުވި ގޮތުގައި ރަށުގައި ނައްތާނުލެވޭ ބާވަތުގެ ކުނި މެނޭޖު ކުރެވޭނެގޮތެއް ހެދުމަށް އެންވަޔަރަމެންޓް މިނިސްޓްރީއަށް ތިން ފަހަރެއްގެ މަތީން ލިޔެކިއުމުން ވަނީ ދަންނަވައިފަ އެވެ.

ނަމަވެސް އެ މިނިސްޓްރީން މިހާތަނަށް މިކަމަށް ޖަވާބެއް ދީފައި ނުވާކަމށްވެސް އަލީ ވަހީދު ވިދާޅުވި އެވެ.

އޭދަފުށީގައި ކުނިއެޅުމަށް ބޭނުންކުރި ހުޅަނގު ދެކުނު ކުނިކޮށި ބެލެހެއްޓުން ދަތިވެގެން މިމަހުގެ ކުރީކޮޅު ރަށުކައުންސިލުން ވަނީ ކުނިކޮށި ވަގުތީ ގޮތުން އިރު ދެކުނު ސަރަހައްދަށް ބަދަލުކޮށްފަ އެވެ.

މިދުވަސްވަރު ރާއްޖޭގައި ޑެންގީހުމާއި ވައިރަލް ހުން އިތުރުވަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެއެވެ. އެހެންވެ އެކަމަށް ސަމާލުވާން އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ބަލިތައް ފެތުރުން ކޮންޓްރޯލް ކުރުމަށް، މަދިރި މަދުކުރުމުގައި ކޮންމެ މީހެއްގެ ވެސް ޒިންމާ އަދާކުރުމަށް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ.

ޑެންގީ ހުން ޖެހިގެން މި ހަފުތާ ތެރޭގައި މީހަކު މަރުވެފައިވާއިރު އެ ބަލި ކަންބޮޑުވާ ދަރަޖައަށް ފެތުރެމުން ދާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ވަނީ ބުނެފި އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. މުހައްމާ

    ކުނިކޮށްޓެއް އެޅުން މާލަސްވެއްޖެ ! މިހިންމީ ފުޓްސެލދަނޑެއްނޫން ! ކުޅވަރު ކުޅުމަށް ޒުވާނުންގެ މަރުކަޒެއްވެސް ނުމެނޫންމެއެވެ. ! އޭ އަޚުންނޭވޭ ރަށުގެ ކްލަބުޖަމާޢަތްތަކުން މިކަމަށް ސަމާލުވެ މަސަައްކަތް ފަށަމާ ހިނގާށެވެ. މަވެސް އެހީވާނަމެވެ. އެއީ ހެޔޮހިތުންނެވެ. ވަކިސަރުކާރެއް އޮވެގެންނެއްނޫނެވެ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.