އޭދަފުށީ މަގުތަކުގައި ތާރުއަޅަން ފެށޭނީ މިއަހަރުގެ ފަހުކޮޅު: އެމްއާރުޑީސީ

އޭދަފުށީ ބޮޑު މަގު. މަގުތަކުގައި ތާރުއަޅަން ފަށަނީ  މިއަހަރު ފަހުކޮޅު-- ފައިލް ފޮޓޯ
އޭދަފުށީ ބޮޑު މަގު. މަގުތަކުގައި ތާރުއަޅަން ފަށަނީ މިއަހަރު ފަހުކޮޅު– ފައިލް ފޮޓޯ

ބ. އޭދަފުށީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށޭވަރުވާނެ ކަމަށް މި މަސައްކަތް ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އިން ބުނެފި އެވެ.

އެމްއާރުޑީސީގެ މެެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމް ވިދާޅުވީ އޭދަފުށީގެ މަގު ހެދުމުގެ މަސައްކަތް ފެށުމުގެކުރިން އިދާރީގޮތުންނާއި ޓެކްނިކަލް ގޮތުން ކުރަންޖެހޭ މަސައްކަތްތައް މިދިޔަ ހަފްތާތެރޭގައި ރަށު ކައުންސިލާ ގުޅިގެން ފަށާފައިވާ ކަމަށެވެ.

އޭދަފުށީގެ މަގުތަކުގެ އީއައިއޭ ރިޕޯޓް ނިންމުމުގެ މަސައްކަތް ކުރިޔަށްދާއިރު، އިބްރާހިމް ނަޒީމު ވިދާޅުވި ގޮތުގައި މިރަށުގައި އެމްއާރުޑީސީގެ ސައިޓް ގާއިމްކުރުމަށް ބިމެއް ހޯދުމަށްވެސް އޭދަފުށީ ކައުންސިލާ ދަނީ މަޝްވަރާ ކުރަމުންނެވެ.

ނަޒީމް ވިދާޅުވީ ތާރުއެޅުމުގެ މަސައްކަތް ފެށުމުގެ ކުރިން އޭދަފުށީގެ މަގުތަކުގައި ވަޅުލާފައިވާ ކޭބަލްތަކާ، ނަރުދަމާގެ ހޮޅިތައް މެނޭޖުކުރާނެ ގޮތަކާމެދުވެސް ވަރަށް އަވަހަށް އޭދަފުށީ ކައުންސިލާއި އަދި ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރާނެކަމަށެވެ.

އޭދަފުށީގެ 15 މަގު 3.36 ކިލޯ މީޓަރުގެ މަގު ހަދައި ނިންމުމަށް އެމްއާރުޑީސީ އާ ހަވާލުކުރެވިފައިވާއިރު މި މަސައްކަތުގެ އަމަލީ މަސައްކަތް ފަށާތާ 380 ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ. އަދި މަގުތަކުގައި ސްޕީޑް ބްރޭކަރު ހަރުކުރެވި، ފެން ހިންދުމުގެ ނިޒާމު ގާއިމުކޮށް އަދި ޓްރެފިކް ނިޝާންތައްވެސް ހަރުކުރަން ޖެހެއެވެ.

އެމްއާރުޑީސީން ބުނީ ކަނޑައެޅިފައިވާގޮތަށް މަސައްކަތް ކުރިޔަށްދާނަމަ އަންނަ އަހަރުގެ މެދުތެރޭގައި މަސައްކަތް މުޅިން ނިންމާލުމަށް އަމާޒުކުރެވިފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.