މިިނިވަން 50 މުބާރާތުގައި އޭދަފުށިން ބައިވެރިވި: އެފްއޭއެމް

އޭދަފުށީގައި ބޭއްވި ފުޓްބޯޅަ މުބާރާތެއްގެ ތެރެއިން
އޭދަފުށީގައި ބޭއްވި ފުޓްބޯޅަ މުބާރާތެއްގެ ތެރެއިން

މިނިވަން 50 މުބާރާތުގެ ނަމުގައި އަންނަމަހު އެފްއޭއެމްއިން ފަށަން ނިންމާފައިވާ އަތޮޅު ފުޓްބޯޅަ މުބާރާތުގައި ބ. އޭދަފުށިން ބައިވެރިނުވާން ނިންމާފައިވާ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފައިވީ ނަމަވެސް އެ މުބާރާތުގައި އޭދަފުށިން ބައިވެރިވެފައިވާކަން އެފްއޭއެމްއިން ބުނެފި އެވެ.

އެފްއޭއެމް އިން ބުނިގޮތުގައި މި މުބާރާތުގައި ބ. އަތޮޅުން އޭދަފުށީގެ އިތުރުން ކެންދޫ އާއި ގޮއިދޫންވެސް ވަނީ ބައިވެރިވެފައެވެ. އޭދަފުށިން މުބާރާތުގައި ބައިވެރިނުވާން ނިންމާފައިވާކަން އަދި މިހާތަނަށް އަންގާފައިނުވާ ކަމަަށްވެސް އެފްއޭއެމްގެ އޮފިޝަލަކު މިއަދު މިއަދު އީޓީއަށް ވިދާޅުވި އެވެ.

“ރޭ ބޭއްވި ބައްދަލުވުމަށްވެސް އޭދަފުށިން ބޭފުޅަކު ވަޑައިގެންނެވި، އަޅުގަނޑުމެންނަށް އަދި އަންފާގައެއް ނެތް އޭދަފުށިން މި މުބާރާތުގައި ބައިވެރިނުވާ ކަމަކަށް،” އޮފިޝަލު ވިދާޅުވި އެވެ.

ނަމަވެސް އޭދަފުށީ ކައުންސިލުގެ ރައީސް އަދި ނައިބު ރައީސްވެސް އިއްޔެ ވިދާޅުވީ މުބާރާތުގައި ބައިވެރިނުވާން ނިންމާފައިވާ ކަމަށާއި އެގޮތަށް ނިންމީ ކައުންސިލުން އެކަމަށް ފައިސާ ޚަރަދު ކުރާން ކައުންސިލުގެ ތާއީދު ނުކިބިގެން ކަމަށެވެ.

ކައުންސިލުން އިއްޔެ އެގޮތަށް ނިންމި ކަމަށް ބުނުމުން އޭދަފުށީ ގިނަ އަދަދެއްގެ ޒުވާނުން ސޯސަލް މީޑިއާގައި ވަނީ ރަށު ކައުންސިލަށް ވަރަށް ބޮޑަށް ފާޑިޔައިފަ އެވެ.

ނަމަވެސް ކައުންސިލުގެ މެންބަރު މުހައްމަދު ރިޒާ މިއަދު ވިދާޅުވީ އަތޮޅު ފުޓްބޯޅަ މުބާރާތުގައި ބައިވެރި ނުވާގޮތަކަށް ކައުންސިލަކުން ނިންމާފަ ނުވާނެ ކަމަށާއި އަދި މިކަމާ ކައުންސިލްގެ އެއްވެސް ބައްދަލުވުމެއްގައި މަސްވަރާ ކޮއްފައެއްވެސް ނުވާނެ ކަމަށެވެ.

ނަމަވެސް ކައުންސިލުން ފައިސާ ޚަރަދު ކުރެވޭނީ ހަަމަޖެހިފައިވާ އުސޫލުން، ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ފައިސާ ޚަރަދު ކުރުމަށް ކައުންސިލްގެ ރައީސްވެސް އަދި ނައިބު ރައީސް ވެސް ކައުންސިލަށް ހުށަހެޅިނަމަ އެކަަން ފާސްވީސް ކަމަށް އޭނާ ވިދާޅުވި އެވެ.

“އެކަމަކު ޤާނޫނާ ޤަވާއިދާ ޙިލާފަށް ފައިސާ ޚަރަދު ކުރުމަކަށް ކައުންސިލަކުން ވޯޓެއް ނުދެވޭނެ،” އޭނާ ވިދާޅުވި އެވެ.

އެފްއޭއެމުން ބުނީ ޗެމްޕިއަން ޓީމަށް ޕްރެޒިޑެންޓްސް ކަޕުން ޖާގަ ލިބޭ މި މުބާރާތުގައި ބައިވެރިވާ ކޮންމެ ރަށެއްގެ ޓީމެއްގައި ވެސް ބިދޭސީ ތިން ކުޅުންތެރިން ޖެހުމުގެ ފުުރުސަތު ދޭނެ ކަމަށާއި މެޗުތައް އޮންނާނީ ހޯމް އެެންޑް އަވޭ އުސޫލުން ކޮންމެ ހަފުތާ ބަންދެއްގައި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. Abdul muhaimin

    މި ލިޔުން ކިޔާލުމުން ދޭހަވި އެއްކަމަކީ އޭދަފުށީ ކައުންސިލް މެމްބަރުންގެ މެދުގައި އޮންނަންޖެހޭ ގުޅުން އެކަށީގެންވާ ގޮތެއްގައި ނެތްކަން. ރަށާއި އަތޮޅު އަދި ޤައުމުގެ ކުރިއެރުމަށްޓަކައި ކައުންސިލް މެމްބަރުން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލަން.

    ރައްދު
  2. މުޙައްމަދު ރިޟާ

    އޭދަފުށީ ކައުންސިލްގެ ނިންމުމަކީ މުބާރާތުގައި ބައިވެރިވުން. މިނިންމުމެއް ބަދަލެއް ނުކުރެވޭނެ. ކަންކުރަންވާ ގޮތް ނިންމާނީ ކައުންސިލުން. ކައުންސިލުން ނިންމާ ގޮތ

    ރައްދު
  3. Ali

    އޭރުވެސް އެނގޭ ތިޔަތާގައި ތިބީ ދެ އަނގައިން ވާހަކަދައްކާ މީހުންކަން…… ވަކީ މީހަކު މާލެދާންޖެހުނީމަ ބައިވެރި ނުވާ ވާހަކަ ދެއްކީ. އަޑިއަޑިން އެރޭ މީހަކު ފޮނުވާ ގޮތަށް ކައުންސިލުން އޮތީ ނިންމައިފަ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.