ފޭލި ގުރުއާން މުބާރާތް ޖުލައި 8 ގައި ފަށަނީ

ފޭލި ގުރްއާން މުބާރާތުގައި ދަރިވަރަކު ކިޔަވަނީ. / ފޭލި
ފޭލި ގުރްއާން މުބާރާތުގައި ދަރިވަރަކު ކިޔަވަނީ. / ފޭލި

 

ފޭލި ޖަމިއްޔާއިން ބާއްވާ ގުރުއާން މުބާރާތް 300 އަށް ވުރެގިނަ ބައިވެރިންނާއެކު ޖުލައި 8 ވަނަ ދުވަހުގެރޭ ފެށުމަށް އެ ޖަމިއްޔާއިން ތައްޔާރުވެއްޖެ އެވެ.

ފޭލި ޖަމިއްޔާއިން ބުނީ އެ ޖަމިއްޔާއިން ރޯދަމަހުގެ މުނާސަބަތުގައި އަހަރަކު އެއް ފަހަރު ބާއްވާ ގުރުއާން މުބާރާތުގައި ބައިވެރިވާ މީހުންގެ އަދަދު އަހަރެއް އަހަރަކަށް އިތުރުވަމުންދާ ކަމަށެވެ. އެގޮތުން މިއަހަރުގެ މުބާރާތުގައި 320 މީހުންނާއި ކުދިން ބައިވެރިވެފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ފޭލި ޖަމިއްޔާއިން ބުނީ މުބާރާތުގައި ބައިވެރިވި ފަރާތްތަކުގެ ލިސްޓް އިސްލާހު ކުރުމަށްޓަކައި މިހާރު ފޭލި ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެ ކަމަށެވެ.

މި މުބާރާތަކީ ހުރިހާ އުމުރުފުރާ އަކަށް ބައިވެރިވެވޭގޮތަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.

2002 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފޭލި ގުރުއާން މުބާރާތަކީ ކީރިތި ގުރުއާން ހިތު ދަސްކުރުމާއި ތަޖްވީދުގެ މަގުން ރީތިކޮށް ގުރުއާން ކިޔަވާ މީހުން އޭދަފުށީގައި އުފެއްދުމުގެ މަގްސަދުގައި ބާއްވަމުން އަންނަ މުބާރާތެކެވެ. އެގޮތުން މިއީ އެ ޖަމިއްޔާއިން މި މުބާރާތް ބާއްވާ 13 ވަނަ މުބާރާތެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. DR

    ފޭލިގުރާންމުބާރާތަށްވަރަށްބޮޑަށްމަރުހަބާކިޔަން.ސާބަހޭފޭލިކުދިން. ތިޔަކަމުންރަށުގެވަރަށްގިނަ ކުދިބަޔަކަށްފައިދާކުރާނެ.ފޭލިކުރިޔަށް. ހަމަކުރިޔަށް.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.