ޑެންގީ މަދިރި އުފެދޭ ތަންތަން ނައްތާލުމަށް ހޮސްޕިޓަލު މުވައްޒަފުން ނުކުމެއްޖެ

ބ. އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފުން މަދިރި އުފެދޭ ތަންތައް ނައްތާލުމުގެ މަސައްކަތް ކުރަނީ - ފޮޓޯ: ހޮސްޕިޓަލް
ބ. އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފުން މަދިރި އުފެދޭ ތަންތައް ނައްތާލުމުގެ މަސައްކަތް ކުރަނީ – ފޮޓޯ: ހޮސްޕިޓަލް

 

މި ދުވަސްވަރު ރާއްޖޭގައި ސީރިއަސްކަމާ އެކު ފެތުރެމުން އަންނަ ޑެންގީ ހުމުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުން، ޑެންގީ ޖައްސާ މަދިރި އުފެދޭ ތަންތަން ނައްތާލުމަށް ބ. އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފުން މިއަދު ނުކުމެއްޖެ އެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ ޑެންގީ ޖައްސާ މަދިރި އުފުދޭ ތަންތަން ނައްތާލުމުގެ މި ޚާއްސަ އޮޕަރޭޝަނުގައި އެ ތަނުގެ ސާޅީހަކަށް މުވައްޒަފުން މިއަދު ހެނދުނުން ފެށިގެން އަމަލީގޮތުން ހަރަކާތްތެރިވާ ކަމަށެވެ. އެގޮތުން ރަށު ތެރޭގައި ހުރި މީހުން ދިރި ނޫޅޭ ފަޅު ގެ ތަކާއި ތަންތަން ޗެކުކޮށް މަދިރި އުފެދޭގޮތަށް ހުރި ތަންތަން ނައްތާލެވޭނެ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފުން މަދިރި އުފެދޭ ތަންތައް ނައްތާލުމުގެ މަސައްކަތް ކުރަނީ - ފޮޓޯ: ހޮސްޕިޓަލް
ބ. އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފުން މަދިރި އުފެދޭ ތަންތައް ނައްތާލުމުގެ މަސައްކަތް ކުރަނީ – ފޮޓޯ: ހޮސްޕިޓަލް

 

“މުވައްޒަފުން އަމަލީ ގޮތުން މިއަދު މި މަސައްކަތަށް މި ނުކުތީ، ޑެންގީ ކޮންޓްރޯލު ވަންދެން ރޫޓީން ކޮށް ކޮންމެ ދުވަހަކުވެސް މި މަސައްކަތް ކުރިއަށްދާނެ،”، އަތޮޅު ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވި އެވެ.

މިއަހަރުގެ މިހާތަަނަށް 350 އަށްވުރެ ގިނަ މީހުން ޑެންގީ ހުން ޖެހިގެން ރިޕޯޓުކޮށްފައިވާއިރު އެންމެ ގިނައިން ރިޕޯޓުކޮށްފައި އަތޮޅު ތަކުގެ ތެރޭގައި ބ އަތޮޅު ހިމެނޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެއެވެ. ޑެންގީ ހުން ކަމަށް ޝައްކު ކުރެވޭ އުމުރުން ހަތް މަހުގެ ކުއްޖަކު ބ. އަތޮޅު ހޮސްޕިޓަލްގައި މިދިޔަ ހޯމަ ދުވަހު ވަނީ މަރުވެފަ އެވެ. ތުޅާދޫ ސިއްހީ މަރުކަޒާ ހަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައި ވަނީ ކުއްޖާ މަރުވީ ޑެންގީ ޖެހިގެންނެވެ. ނަމަވެސް ބ. އަތޮޅު ހޮސްޕިޓަލުން އެކަން ދޮގުކުރެ އެވެ.

ނުރައްކާތެރި ޑެންގީގެ އަލާމާތްތަކަކީ:
• ވަރަށް ގަދައަށް ބަނޑުގައި ރިއްސުން
• މާ ގިނައިން ހޮޑުލެވުން
• ހަށިގަނޑުގެ އެއްވެސް ތަނަކުން ލޭ އައުން
• މާބޮޑަށް ވަރުދެރަވުން

މިފަދަ އަލާމާތެއް ހަށިގަނޑުން ފެނިއްޖެނަމަ އެއީ ނުރައްކާތެރިކަމުގެ އިންޒާރެކެވެ. އެހެންކަމުން ވީހާ ވެސް އަވަހަކަށް ޑޮކްޓަރަަށް ދައްކައި ފަރުވާ ހޯދުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކުރެ އެވެ.
ޑެންގީ ހުން ބޮޑަށް ފެތުރެނީ ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު އެވެ. އެ ޓްރެންޑަށް ބަލާއިރު މި އަހަރަކީ ޑެންގީގެ މައްސަލަ ސީރިއަސްވާނެ އަހަރެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.