ރޯޔަލުން ވައްކަން ކުރި ދެ މުވައްޒަފަކު ހައްޔަރު ކޮށްފި

ރޯޔަލް އައިލެންޑް ރިޒޯޓުން ވަގަށްނެގިކަމަށް ބުނާ ފައިސާގެ ތެރެއިން ހޯދުނު ބައެއް ފައިސާ-- ފޮޓޯ / ޕޮލިސް
ރޯޔަލް އައިލެންޑް ރިޒޯޓުން ވަގަށްނެގިކަމަށް ބުނާ ފައިސާގެ ތެރެއިން ހޯދުނު ބައެއް ފައިސާ– ފޮޓޯ / ޕޮލިސް

 

މިދިޔަ ބުދަ ދުވަހުގެރޭ ރޯޔަލް އައިލެންޑް ރިސޯޓުން ވައްކަންކުރިކަމުގެ ތުހުމަތުގައި އެ ރިސޯޓުގެ ދެ މުވައްޒަފަކު ހައްޔަރުކޮށް، ބައެއް ފައިސާ ފުލުހުން ހޯދައިފި އެވެ.

ވައްކަމާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެ ރިސޯޓްގައި މަސައްކަތްކުރާ 20 އަހަރާއި 26 އަހަރުގެ ދިވެހި ދެ މުވައްޒަފުންނެވެ.

އެ ރިސޯޓުގެ ފަތުރުވެރިން ތިބޭ ކޮޓަރީގައި އޮތް އަތް ދަބަހަކުން ގެއްލުނީ 3200 ޑޮލަރެވެ. މީގެ ތެރެއިން 1600 ޑޮލަރު ފުލުހުން ހޯދީ ރިސޯޓުގެ ފުޓްބޯޅަ ދަނޑު ކައިރީގައި ހުރި ގަސްތަކެއްގެ ތެރޭގައި ވަޅުލާފައި ހުއްޓައެވެ. އަދި ބާކީ ހުރި ބައެއް ފައިސާތައް ފެނިފައިވަނީ މައްސަލާގައި ހައްޔަރުކުރި އެކަކު ރިސޯޓުގައި ނިދާ ކޮޓަރި ތެރެއިން ކަމަށް ފުލުހުން ބުންޏެވެ. ފައިސާތައް ހޯދި އިރު އޭގެ ތެރެއިން ބައެއް ޑޮލަރު ވަނީ މާރުކޮށް ދިވެހި ފައިސާއަށް ބަދަލުކޮށްފަ އެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލަ އޭދަފުށީ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. rayyithumeehaa

    ވައްކަން ކުރީމަ އެވާހަކަ ލިޔެވޭ ކަލޭމެނަށް އެކަމު ރިސޯޓުގައުޅޭ މުއައްޒަފުނޮނަށް ދޭންވާ އުޖޫރަ ނުދެވޭވާހަކައެއް ނުލިއެވޭ ދޯ…

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.