ވީސީއީސީ ގައި ސެޕްޓެމްބަރުމަހު ފަށާ ކޯސްތަކަށް ފުރުސަތު ހުޅުވާލައިފި

ވިލާ ކޮލެޖް އޭދަފުށި ކެމްޕަސް. އެ ކޮލެޖުން އަންނަ އަހަރު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި--
ވިލާ ކޮލެޖް އޭދަފުށި ކެމްޕަސް. އެ ކޮލެޖުން ސެޕްޓެމަބރުމަހު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި–

 

އަންނަ ސެޕްޓެމްބަރު މަހު ވިލާ ކޮލެޖު އޭދަފުށީ ކެމްޕަހުގައި [ވީސީއީސީ] ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ވިލާ ކޮލެޖް އޭދަފުށީ ކެމްޕަހުގައި އަންނަ ސިމެސްޓާގައި (ސެޕްޓެމްބަރު އިންޓޭކްގައި) ހަތް ކޯހެއް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި ސެޓްފިކެޓް ލެވެލްއިން ފެށިގެން ޑިޕްލޮމާ، ޑިގްރީ އަދި މާސްޓާޒް ލެވެލްގެ ކޯސްތައް ހިމެނެ އެވެ.

ސެޕްޓެމްބަރު އިންޓޭކުގައި ހިންގުމަށް ހަމަޖެހިފައިވާ ކޯސްތައް؛

• ސެޓްފިކެޓް 3 އިން ބިޒްނިސް ސްޓަޑީޒް
• ސެޓްފިކެޓް 3 އިން އިންފޮމޭޝަން ޓެކްނޮލޮޖީ
• އެޑްވާންސްޑް ސެޓްފިކެޓް އިން ބިޒިނަސް އެޑްމިނިސްޓޭޝަން
• ޑިޕްލޮމާ އޮފް ސައިންސް އިން ބިޒިނަސް އިންފޮމޭޝަން ޓެކްނޮލޮޖީ (ބްލޮކް މޯޑް)
• ޑިޕްލޮމާ އިން ޕްރައިމަރީ ޓީޗިން (ބްލޮކް މޯޑު)
• މާސްޓާ އޮފް ޝަރީއާ (ބްލޮކް މޯޑު)
• ބެޗެލާ އޮފް އާޓްސް (އޮނާސް) ބިޒިނަސް އެންޑް މެނޭޖްމަންޓް

ކޯސްތަކުގައި ބައިވެރިވާން އެދޭ ދަރިވަރުން ޖުލައި 30 ކުރިން އެޕްލިކޭޝަން ފޯމު ހުށަހަޅަން ޖެހެ އެވެ.

ވިލާ ކޮލެޖުގެ އޭދަފުށީ ކެމްޕަހުގައި ސެޕްޓެމްބަރު މަހު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އެ ކެމްޕަހުގައި މިހާރުވެސް ސެޓްފިކެޓް ލެވެލް އާއި ފައުންޑޭޝަންއާއި ޑިގްރީ އަދި މާސްޓާޒް ލެވެލްގެ ކޯސްތައް ކުރިއަށް ގެންދެ އެވެ.

ވިލާ ކޮލެޖުން ދާދިފަހުން ވަނީ އިނިގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑުގެ ޑިގްރީ ކޯސްތަކެއް ތައާރަފުކޮށްފަ އެވެ. ތިން އަހަރު ދުވަހުގެ އެ ކޯސްތަކާއެކު ސެޕްޓެމްބަރުގައި ފަށާ 52 ކޯހަށް ކުރިމަތިލުމުގެ ފުރުސަތުވެސް އެ ކޮލެޖުން މިހާރުވަނީ ހުޅުވާލައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.