އޭދަފުށިން އުމުރާއަށް ދިޔަ އެންމެންގެ ހާލު ރަނގަޅު

މި ރޯދަ އުމުރައަށްދިޔަ ބައެއް މީހުން މަދީނާއަށް ދިއުމަށް ދަތުރުކުރަނީ-- ފޮޓޯ / ނިއުމާ އަހްމަދު
މި ރޯދަ އުމުރައަށްދިޔަ ބައެއް މީހުން މަދީނާއަށް ދިއުމަށް ދަތުރުކުރަނީ– ފޮޓޯ / ނިއުމާ އަހްމަދު

މިރޯދަމަހު އެކި ޖަމާއަތުގެ ހަވާލުގައި އުމުރާއަށް ދިޔަ މީހުންގެ ތެރޭގައި އޭދަފުށީގެ 60 އަށް ގިނަ މީހުން ހިމެނެ އެވެ. އެ އެންމެންގެ ހާލުވެސް ރަނގަޅުކަމަށް މައުލޫމާތު ލިބެ އެވެ.

ޒައީމާ ގްރޫޕުގެ ހަވާލުގައި އުމުރާއަށް ގޮސްހުރި އޭދަފުށީ މެޓްރޯވިލާ ނިއުމާ އަހްމަދު “އީޓީ” އަށް ކިޔައިދިން ގޮތުގައި ޒައީމާ ގްރޫޕާއެކު އޭދަފުށީގެ ހުރިހާ އެންމެންގެ ހާލުވެސް ވަރަށް ރަނގަޅެވެ.

“މި ގްރޫޕުން އުމުރާ އަށް އައި ރަށުގެ ހުރިހާ އެންމެންގެ ހާލުވެސް ވަރަށް ރަނގަޅު. މި ގްރޫޕުގައި އުޅޭ ރަށުގެ 35 މީހުން، އޭގެ ތެރޭގައި އަހަރެމެން ފެމެލީގެ 22 މީހުން، ހުރިހާ އެންމެނަށްވެސް ވަރަށް ވަރަށް ސަލާމް،” ނިއުމާ ބުންޏެވެ.

“ހޫނު ވަރަށް ގަދަ. ފިނި ހޫނިމިން އުޅެނީ 45 ޑިގްރީއަށްވުރެ މަތީގައި”

maxresdefault

ނިއުމާ ބުނި ގޮތުގައި އުމުރާ ވެރިން މިހާރު ތިބީ މަދީނާގަ އެވެ. އަދި މިއަދު މަދީނާގެ މުހިއްމު ބައެއް ތަންތަނަށް ޒިޔާރަތްކުރުން އޮންނާނެ އެވެ. އަދި އިއްޔެ ވަނީ އުމުރާ ދަތުރުގެ ބައިވެރިން ބަދުރު ހަނގުރާމަ ކުރެއްވި ތަނާއި ޤުބާ މިސްކިތަށްވެސް ޒިޔާރަތް ކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.