ކުރީ އަހަރު ތަކެކޭ އެއްގޮތަށް މި ރަމަޟާން މަހުގެ ފަހު ދިހައެއްގައިވެސް ދަމުނަމާދު ކުރަން ފަށާނެ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.
އޭދަފުށީ ކައުންސިލުން ބުނީ ފަހު ދިހައެއްގައި ދަމު ނަމާދު ކުރަން ފެށުމުގެ ގޮތުން މިރޭ މަސްޖިދިލް ސުލްޠާން މުހައްމަދު މުއީނުއްދީން (ބޮޑު މިސްކިތް) ގައި ޖަމާއަތުގައި ދަމުނަމާދު ކުރުން އޮންނާނެ ކަމަށެވެ.
ރަށު ކައުންސިލުގެ ޚާއްސަ ދެންނެވުމެއްގައި ބުނެފައިވަނީ ދަމު ނަމާދު ކުރުން އޮންނާނީ ކޮންމެ ރެއެއްގެ ވެސް ދަންވަރު 2:00 ގައި ކަމަށެވެ.
“ވީމާ ރަމަޟާން މަހުގެ ހެޔޮ ދަރުމައާއި ޘަވާބު ލިބިގަތުމަށް އިލްތިމާސް ކުރަމެވެ،” ކައުންސިލުގެ ޚާއްސަ ދެންނެވުމުގައި ވެ އެވެ
ދަމު ނަމާދަކީ ސުންނަތް ނަމާދުތަކުގެ ތެރެއިން އެންމެ އިތުރުކަން ބޮޑު އެއް ނަމާދެވެ.
ލައިލަތުލް ގަދްރި ވިލޭރޭގެ ސަވާބު ލިބިގަތުމަށްޓަކައި ވެސް ވަރަށް ގިނަ ބަޔަކު ދަމު ނަމާދު ކުރެ އެވެ.