ކިހަވައް ރަމަޟާން ފުޓްސަލް ޓޯނަމެންޓްގެ ޗެމްޕިއަންކަން ޓީމު ވޭވްސް ހޯދައިފި

  ޗެމްޕިއަން ޓީމު ވޭވްސް ގެ ކުޅުންތެރިން ކާމިޔާބީގެ އުފާފާޅުކުރަނީ. --އީޓީ ފޮޓޯ: އަބޫ ޔައުލާ
ޗެމްޕިއަން ޓީމު ވޭވްސް ގެ ކުޅުންތެރިން ކާމިޔާބީގެ އުފާފާޅުކުރަނީ. –އީޓީ ފޮޓޯ: އަބޫ ޔައުލާ

 

“ކިހަވައް ރަމަޟާން ފުޓްސަލް ޓޯނަމެންޓް” ޗެމްޕިއަންކަން ޓީމު ވޭވްސް ރޭ ހޯދައިފި އެވެ.

އަނަންތަރާ އިން ބ. އަތޮޅުގައި ހިންގާ އަންނަތަރާ ކިހަވައް ވިލާސްގެ މުވައްޒަފުންގެ މެދުގައި، އެ ރިސޯޓުން ބޭއްވި މުބާރާތް ޓީމު ވޭވްސް ކާމިޔާބުކުރީ ފައިނަލުގައި ޓީމު އެފްސީ ވިއު އާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން 8-7 އިން ކާމިޔާބުކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ އޮތީ 5-5 އިން އެއްވަރުވެފަ އެވެ.

 މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން . --އީޓީ ފޮޓޯ: އަބޫ ޔައުލާ
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން . –އީޓީ ފޮޓޯ: އަބޫ ޔައުލާ

 

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ އެފްސީ ވިއުގެ އަހްމަދު އުޝާމު އާއި އަހްމަދު ހުސައިން އާއި ބްރަދާސް 150ގެ އަހްމަދު އަޝްރަފުގެ އިތުރުން ޑްޑޫސް އެފްސީގެ މުހައްމަދު ޝިފާން އާއި ޓީމު ވޭވްސްގެ މުސްލިމު މުހައްމަދު އެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދައިގެން ރަންބޫޓާއި ލަންކާ ރިޓާން ޓިކެޓް ލިބުނީ ބްރަދާސް 150 ގެ އަހުމަދު އަޝްރަފަށެވެ.

ޖުމްލަ 10 ޓީމު ވާދަކުރި މި މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ޓީމަކަށް ހޮވުނީ ޓީމު ބްރަދާސް 150 އެވެ.

މުވައްޒަފުންގެ މެދުގެ އެކުވެރިކަން އާލާ ކުރުމުގެ ގޮތުން މިދިޔަ މަހުގެ 20 އިން ރޭ ގެ ނިޔަލަށް އެ ރިސޯޓުގެ ފުޓްސަލް ދަނޑުގައި ބޭއްވި މުބާރާތުގެ ފައިނަލް މެޗަށް ފަހު އިނާމް ދެއްވީ ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރު އަބްދުއްލަތީފް އެވެ.

 ޗެމްޕިއަން ޓީމު ވޭވްސް ގެ ކުޅުންތެރިން ކާމިޔާބީގެ އުފާފާޅުކުރަނީ. --އީޓީ ފޮޓޯ: އަބޫ ޔައުލާ
ޗެމްޕިއަން ޓީމު ވޭވްސް ގެ ކުޅުންތެރިން ކާމިޔާބީގެ އުފާފާޅުކުރަނީ. –އީޓީ ފޮޓޯ: އަބޫ ޔައުލާ

 

މުބާރާތުގެ ޗެމްޕިއަން ޓީމަށް 8000ރ. ދިން އިރު ރަނަރަޕް ޓީމަށް 5000ރ. ދީީފައިވެ އެވެ. އަދި ފެއާ ޕްލޭޓީމަށް 2500ރ ދިނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.