300 އަށް ވުރެ ގިނަ ބައިވެރިންނާއެކު ފޭލި ގުރުއާން މުބާރާތް ފަށައިފި

ފޭލި ޤުރުއާން މުބާރާތުގައި މިއަދު ދަރިވަރަކު ކިޔަވަނީ-- ފޮޓޯ / ފޭލި
ފޭލި ޤުރުއާން މުބާރާތުގައި މިއަދު ދަރިވަރަކު ކިޔަވަނީ– ފޮޓޯ / ފޭލި

ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ގުޅުވައިގެން ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި) ޖަމިއްޔާއިން ބާއްވާ ގުރުއާން މުބާރާތް ރޭ ފަށައިފި އެވެ.

ފޭލިން ބުނިގޮތުގައި ރަމަޟާންމަހާ ގުޅުވައިގެން މިފަދަ މުބާރާތެއް ބޭއްވުމުގެ އެންމެބޮޑު ބޭނުމަކީ، ރަމަޟާންމަހަކީ އެ މަހެއްގައި ކީރިތި ޤުރްއާން ބާވައިލެއްވި މައްސަރުކަމަށްވާތީ، އެ މައްސަރުގެ ބަރަކާތްތެރިކަން އަޅުގަނޑުމެންގެ ޅަދަރިންނަށް އަންގައިދީ، އެކުދިން ކީރިތި ޤުރްއާނަށް ލޯބިޖައްސުވައި އިސްލާމްދީނުގެ ތަރަހަމަތީގައި އެކުދިން ތަރުބިއްޔަތުވުމުގެ ފުރުސަތު ހޯދައިދިނުމެވެ. އަދި ކީރިތި ގުރުއާން ހިތު ދަސްކުރުމާއި ތަޖްވީދުގެ މަގުން ރީތިކޮށް ގުރުއާން ކިޔަވާ މީހުން އުފެއްދުމަކީވެސް މުބާރާތް ބޭއްވުމުގެ މަގްސަދެއްކަމަށް ފޭލިން ބުނެއެވެ.

މި އަހަރުގެ ފޭލި ގުރުއާން މުބާރާތުގައި 300 އަށްވުރެ ގިނަ ކުދިންނާއި މީހުން ބައިވެރިވެފައި ވެ އެވެ. ތިން ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންގެންދާ މި މުބާރާތް ނިމޭނީ މާދަމާ ރެ އެވެ.

ފޭލި ޖަމިއްޔާއިން ބުނީ، މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ އަންނަ އީދު ދުވަހުގެ ރޭ ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

މިއީ އެ ޖަމިއްޔާއިން މެދު ނުކެނޑި މި މުބާރާތް ބާއްވާ 13 ވަނަ އަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.