ފެހެންދޫގެ ކަރަންޓް ކޭބަލް ނެޓްވޯކް އާ ކުރުމުގެ މަސައްކަތް ފަށައިފި

ފެހެންދޫގެ ކަރަންޓް ކޭބަލް ނެޓްވޯކް އައުކުރުމުގެ މަސައްކަތް ކުރިއަށްދަނީ-
ފެހެންދޫގެ ކަރަންޓް ކޭބަލް ނެޓްވޯކް އައުކުރުމުގެ މަސައްކަތް ކުރިއަށްދަނީ-

ބ. ފެހެންދޫގެ ކަރަންޓް ކޭބަލް ނެޓްވޯކް އާ ކުރުމަށްޓަކައި އެރަށުގައި ކޭބަލް ވަޅުލުމުގެ މަސައްކަތް ފަށައިފި އެވެ.

ފެހެންދޫ ކައުންސިލްގެ ރައީސް މޫސާ ނަސީމް ވިދާޅުވީ މިދިޔަ ހަފްތާ ތެރޭގައި އަމިއްލަ ބަޔަކާ ހަވާލުކޮށްގެން ފެނަކަ ކޯޕަރޭޝަނުން ކުރިޔަށްގެންދާ މި މަސައްކަތުގެ ދަށުން އެ ރަށުގެ މައި ކޭބަލް ނެޓްވޯކް މުޅިން ބަދަލުކޮށް ޑިސްޓްރިބިއުޝަން ފޮށިތައްވެސް އާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މޫސަ ވިދާޅުވި ގޮތުގައި މި މަސައްކަތުގެ ދަށުން އެ ރަށުގައި ނުވަސަތޭކަ ފޫޓް ދިގު މައިކޭބަލް ވަޅުލައި، ތޭރަ ޑިސްޓްރިބިއުޝަން ފޮށި ބަހައްޓައި މިމަހުގެތެރޭގައި ނިމޭވަރުވާނެ އެވެ.

ފެނަކަ ކޯޕަރޭޝަނާ ހަވާލަދެއްވައި މޫސަ ވިދާޅުވީ އާ ނެޓްވޯކް ބޭނުންކުރަން ފެށުމުން އެ ރަށުގައި މިހާރުދިމާވާ ކަރަންޓް ވޯލްޓޭޖް ދަށްވާ މައްސަލައާއި، ކަރަންޓް ކެނޑުމުގެ މައްސަލައަށް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި މި މަސައްކަތް ނިމުމާއެކު އެ ރަށުގައި އާ އިންޖީނުގެއެއް އެޅުމުގެ މަސައްކަތްވެސް ލަސްނުވެ ފަށައިގަނެވޭވަރުވާނޭކަމަށް މޫސަ ވިދާޅުވި އެވެ.

ފެހެންދޫގެ ކަރަންޓް ހިދްމަތުގެ ފެންވަރު ރަނގަޅުކުރުމަށް ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެރަށުގައި މިދިޔަ އަހަރުވަނީ ފަންސާސް ކިލޯވޮޓްގެ އާ އިންޖީނެއްވެސް ބަހައްޓާފަ އެވެ.

ރަސްމީ ރަޖިސްޓްރީގައި 300 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ނަމަވެސް ސަތޭކައެއްހާ މީހުން މިވަގުތު ދިރިއުޅެމުންދާ ފެހެންދޫއަކީ ބ. އަތޮޅުގެ އެންމެ އާބާދީ މަދުރަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.