ޓީބީ އިން މިއަހަރުވެސް “ބޮޑު ރޯދަ ވީއްލުމެއް” ބާއްވައިފި

ޓީބީ އިން އިއްޔެ ބޭއްވި ބޮޑޫ ރޯދަ ވީއްލުމުމުގެ ތެރެއިން-- ފޮޓޯ - ޓީބީ
ޓީބީ އިން އިއްޔެ ބޭއްވި ބޮޑޫ ރޯދަ ވީއްލުމުމުގެ ތެރެއިން– ފޮޓޯ – ޓީބީ

 

އޭދަފުށީ ކްލަބް ދަ ބިގިނާސް އިން މިއަހަރުވެސް ބޮޑު ރޯދަ ވީއްލުމެއް އިއްޔެ ބާއްވައިފި އެވެ.

އެ ޖަމިއްޔާއިން ބުނީ  ޓީބީ އޮފީސް ކުރިމަތީގައި (ކުރީގެ ބައިބަލާ ފަސްގަނޑުގައި) ބޭއްވި މި ރޯދަ ވީއްލުމުގެ މައިގަނޑު މަގުސަދަކީ ތަފާތު ގޮތަކަށް އެއްތަނަކުން އެންމެން އެކުވެ މެންބަރުންގެ މެދުގައި އެކުވެރިކަން އާލާކުރުމެވެ. މި ރޯދަވީއްލުމުގައި މެމްބަރުންގެ އިތުރުން އެ ކްލަބަށް އެކި ގޮތްގޮތުން އެހީތެރިކަން ދިން ފަރާތްތަކަށްވެސް ދައުވަތު ދީފައިވެ އެވެ.

ޓީބީ އިން އިއްޔެ ބޭއްވި ބޮޑޫ ރޯދަ ވީއްލުމުމުގެ ތެރެއިން-- ފޮޓޯ - ޓީބީ
ޓީބީ އިން އިއްޔެ ބޭއްވި ބޮޑޫ ރޯދަ ވީއްލުމުމުގެ ތެރެއިން– ފޮޓޯ – ޓީބީ

 

ދަ ބިގިނާސްގެ އޮފިޝަލް ފޭސްބުކް ޕޭޖް މެދުވެރިކޮށް ކްލަބްގެ ހުރިހާ މެމްބަރުންނަށް ދައުވަތު ދީގެން ބޭއްވި މި ރޯދަ ވީއްލުމަކީ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ.

ކްލަބް ދަބިގިނާސް އަކީ 2012 ވަނަ އަހަރުން ފެށިގެން ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށް އޭދަފުށީ އިރުމަތީ ސަރަހައްދަށް ނިސްބަތްވާ ޒުވާނުންތަކެއް ހިންގަމުން އަންނަ ކްލަބެކެވެ. އޭގެ ފަހުން އެ ކްލަބުން ވަނީ ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައި ތަފާތު އެތަށް ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފަ އެވެ. އެގޮތުން އެންމެ ފާޙަގަކޮށްލެވެނީ މި ރޯދައަށް އެ ޖަމިއްޔާއިން އިސްނަގައިގެން ޖަމިއްޔާގެ އަމިއްލަ ޚަރަދުގައި އޭދަފުށީ މަސްޖިދުލް ޔޫސުފް [ކުޑަ މިސްކިތް] އޭސީ ކުރުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.