ބ. އަތޮޅު ޔޫތު ސެންޓަރު އޭދަފުށީ ކައުންސިލާ ހަވާލުކޮށްފި

ބ. އަތޮޅު ޒުވާނުންގެ މަރުކަޒު. މިތަން ވަނީ މިހާރު ރަށު ކައުންސިލާ ހަވާލުކޮށްފި
ބ. އަތޮޅު ޒުވާނުންގެ މަރުކަޒު. މިތަން ވަނީ މިހާރު ރަށު ކައުންސިލާ ހަވާލުކޮށްފި

 

ބ. އަތޮޅު ކައުންސިލުގެ ބެލުމުގެ ދަށުން އޭދަފުށީގައި ހިންގަމުން އަންނަ ބ. އަތޮޅު ޒުވާނުންގެ މަރުކަޒު، ރަށު ކައުންސިލާއި ހަވާލުކޮށްފި އެވެ.

އޭދަފުށީ ކައުންސިލުން ބުނިގޮތުގައި ޔޫތު މިނިސްޓްރީ އާއި އެ ކައުންސިލާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ޒުވާނުންގެ މަރުކަޒުގެ ކަންކަން ބެލެހެއްޓުން މިދިޔަ ހަފްތާ ރަށު ކައުންސިލާއި ހަވާލުކުރީ، ބ. އަތޮޅުގެ އެންމެންނަށް އެތަން ޚާއްސަކޮށްފައި ކުރިން ހުރިނަމަވެސް މިހާރު އެކި ރަށްރަށުގައި މިފަދަ ޚިދުމަތްތައް ފުޅާކުރަން ފަށާފައިވާތީ އެވެ.

ޔޫތު ސެންޓަރުގައި ކުއްޖަކު ބިލިޔާޑު ކުޅެނީ -- ފޮޓޯ / ޔޫތު ސެންތަރު
ޔޫތު ސެންޓަރުގައި ކުއްޖަކު ބިލިޔާޑު ކުޅެނީ — ފޮޓޯ / ޔޫތު ސެންތަރު

 

އޭދަފުށީ ކައުންސިލުން ބުނީ ކައުންސިލުން ޒުވާނުންގެ މަރުކަޒާ ހަވާލުވުމާއި ގުޅިގެން ކުރިއަށް އޮތްތަނުގައި އެތަން ކުރިއަށްގެންދާނެ ގޮތްތަކެއް ރާވަމުންދާކަމަށެވެ. އަދި ކައުންސިލާއި ޔޫތު ސެންޓަރު ގުޅިިގެން ޒުވާނުންނަށް އަމާޒުކޮށްގެން ގިނަ ޕްރޮގްރާމުތަކެއް ހިންގާނެ ކަމަށްވެސް ކައުންސިލުން ބުންޏެވެ.

އޭދަފުށީ ޔޫތު ސެންޓަރުގައި އެންމެ ފެންވަރު ރަނގަޅު ބެޑްމިންޓަން ކޯޓެއްގެ އިތުރުން ޓީޓީ، ބިލިޔާޑް، ކެރަމް އަދި ޑާޓް ފަދަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުތައް މިހާރުވެސް ޤާއިމުކުރެވިފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.