އިރުމަތީ ހުރަސް ތޮށީގެ މަސައްކަތް މި މަހު ފެށޭނެ: އެމްޓީސީސީ

އޭދަފުށީ ބަނދަރުގެ އިރުމަތީ ހުރަސްތޮށި
އޭދަފުށީ ބަނދަރުގެ އިރުމަތީ ހުރަސްތޮށި

 

ސަރުކާރުން ކުރިއަށް ގެންދާ ބަނދަރުތައް އިތުރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ބ. އޭދަފުށީގެ އިރުމަތީ ސަރަހައްދު ހުރަސްތޮށީގެ ކެޕިން ބީމް (ކޮންކްރީޓްބައި) ގެ އަމަލީ މަސައްކަތް މިމަހުގެ ތެރޭގައި ފެށޭވަރު ވާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

ހައުސިން މިނިސްޓްރީން އެމްޓީސީސީއާއި މި މަސައްކަތް ހަވާލުކުރީ މިދިޔަ އޭޕްރިލް 29 ގަ އެވެ.

އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު އަހްމަދު ސައީދު ވިދާޅުވި ގޮތުގައި އެ މަސައްކަތް ފެށުން ލަސްވެފައިވަނީ މަސައްކަތް ސަބްކޮންޓްރެކްޓަށް ބަޔަކާ ހަވާލުކުރުމަށް ވަގުތުތަކެއް ހޭދަވުމުންނެވެ.

“ނަމަވެސް މިހާރު މަސައްކަތް ދާ ރޭޓުން މިމަހު މަސައްކަތް ފެށޭނެކަމުގެ އުއްމީދު ވަރަށް ބޮޑު،” އޭނާ ވިދާޅުވި އެވެ.

އޭދަފުށީ ބަނދަރުގެ އިރުމަތީ ހުރަސްތޮށި
އޭދަފުށީ ބަނދަރުގެ އިރުމަތީ ހުރަސްތޮށި

 

 މި މަޝްރޫއުގެ ދަށުން އޭދަފުށީގެ ބަނދަރުގެ އިރުމަތީ ފަރާތުން 97 މީޓަރު އެއްގަމު ތޮށީގެ ކެޕިން ބީމް ހެދުމުގެ މަސައްކަތް 60 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

އޭދަފުށީ ބަނދަރުގެ އިރުމަތީ ހުރަސްތޮށީގައި ޝީޓްޕައިލް ޖަހައިފައިވަނީ މީގެ ފަސްވަރަކަށް އަހަރުކުރިން ރަށު ރައްޔިތުންގެ މާލިއްޔަތުން ބައި މިލިޔަނެއްހާރުފިޔާ ހަރަދުކޮށްގެންނެވެ. އޭރު އަރިއަޅާލައި ކޮންމެވެސްވަރަކަށް ވެއްޓިފައިއޮތް ކޮންކްރީޓް ވާޓަރު ނަގައި، ޝީޓްފައިލް ޖެހިގޮތަށް ކޮންކްރީޓްބައިނާޅައި އެތަން އަދިވެސް އެ އޮތްގޮތަށް އޮތީއެވެ. އެެހެން އޮތުމުގެ ސަބަބުން ދަތުރުވެރިންނަށް އެ ސަރަހައްދު ބޭނުންކުރުމުގައި ވަރަށްބޮޑެތި ދަތިތަކާ ދަނީ ކުރިމަތިވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.