އޭދަފުށީ ކައުންސިލަށް ޑިރެކްޓަރުގެ މަގާމަށް މީހަކު ހޯދަނީ

އޭދަފުށީ ކައުންސިލް އިދާރާ
އޭދަފުށީ ކައުންސިލް އިދާރާ

 

ބ. އޭދަފުށީ ކައުންސިލު އިދާރާއަށް ޑިރެކްޓަރުގެ މަގާމަށް މީހަކު ހޯދުމަށް އިއުލާން ކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން ކޮށްފައިވާ އިއުލާނެއް ގައި ބުނެފައި ވަނީ އެ މަގާމަށް ކުރިމަތިލެވޭނީ ގައުމީ ސަނަދުގެ އޮނިގަނޑު ލެވެލް ފާހެއް ނުވަތަ އެއަށްވުތެ މަތީ ފާހެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި އެފަދަ ދާއިރާއެއްގައި އުޅެ ތަޖުރިބާ ލިބިފައި ހުންނަން ޖެހޭނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

އެ މަގާމުގެ މުސާރައިގެ ގޮތުގައި ހަމަޖައްސާފައި ވަނީ 8،835ރ. އެވެ. އަދި ސާވިސް އެލަވަންސް ގެ ގޮތުގައި 2000ރ. އާއި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

އިއުލާނުގައިވާ ގޮތުން ޑިރެކްޓަރުގެ މަސްއޫލިއްޔަތަކީ ޒިންމާދާރުުވެރިޔާގެ ގޮތުގައި އިދާރާގެ އެންމެހާ ކަންތައްތައް ގާނޫނާއި ގަވައިދާ އެއްގޮތްވާގޮތަށް ބެލެހެއްޓުމާއި، އިދާރާގެ އިދާރީ ހިންގުމާބެހޭ އެންމެހައި ކަންތައްތައް ސަރުކާރުގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން ސިވިލްސާވިސްގެ ގަވައިދާއި ގާނޫނާ ޚިލާފުނުވާގޮތަށް ކައުންސިލުގެ މަޝްވަރާއާއެކު ރައްޔިތުުންނަށް އެންމެ ފައިދާހުރި އަދި މަސްލަހަތުހުރި ގޮތެއްގެ މަތިން ނަޒާހަތްތެރިކަމާއެކު ރާވާ ހިންގުން ހިމެނެ އެވެ.

އަދި ރަށުގައި ހިނގާ ކަމަކާ ގުޅޭގޮތުން ނުވަތަ ހާދިސާ އަކާ ގުޅޭގޮތުން މީޑިއާ އަށާއި އެނޫންވެސް ފަރާތްތަކަށް ފޯރުވައިދޭންޖެހޭ މައުލޫމާތުތައް ކައުންސިލުން އަންގާގޮތެއްގެ މަތިން ހަގީގަތާ އެއްގޮތަށްު މަޢުލޫމާތު ދިނުމާއި މަޢުލޫމާތުު ލިބިގަތުންވެސް ޑިރެކްޓަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.

އެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 30 ގެ 13:00 ގެ ކުރިންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.