މިނިވަން 50 އަށް އޭދަފުށި ޒީނަތްތެރި ކުރަނީ

ޕޮލިހާއި ސީސީ ގުޅިގެން ގަބުރުސްތާނުގައި ކުލަ ލުމުގެ މަސައްކަތް ކުރަނީ
ޕޮލިހާއި ސީސީ ގުޅިގެން ގަބުރުސްތާނުގައި ކުލަ ލުމުގެ މަސައްކަތް ކުރަނީ

 

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް މުޅި ރާއްޖެ ތައްޔާރުވަމުންދާއިރު އޭދަފުށި ޒީނަތްތެރި ކުރުމުގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރަމުންނެވެ.

އެގޮތުން ރަށުގެ ބަނދަރު ސަރަހައްދު ވަށާފާރުތައް މަރާމާތުކޮށް ކުލަ އާކުރުން ފާހަގަކޮށްލެވެ އެވެ. އަދި ސަރުކާރުގެ ބައެއް އޮފީސްތަކުގެ ވަށާފާރުގެ ކުލަ އާކޮށް މިނިވަން 50 ގެ ލޯގޯ ކުރަހައި ޒީނަތްތެރިކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

އޭދަފުށީ ކައުންސިލުގެ ރައީސް އަލީ ވަހީދު ވިދާޅުވި ބަނދަރު ސަރަހައްދުގެ އިތުރުން ކައުންސިލުގެ ބެލުމުގެދަށުގައި ހުރި ރައްޔިތުންގެ ބައެއް އިމާރާތްތަކުގެ ވަށާފާރާއި ގަބުރުސްތާނުގެ ވަށާފާރުގައި ކުލަ ލުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

“ސަރުކާރު މުވައްޒަފުންނާއި އާއްމުން އަދި ކްލަބް ޖަމިއްޔާތައްވެސް ގުޅިގެން މި މަސައްކަތް ކުރަމުން މިގެންދަނީ، ”

މިނިވަން 50 އަށް ޒީނަތްތެރި ކުރުމުގެ ގޮތުން "މާރަނަ" އިމާރާތުގެ ވަށާފާރު ކުލަކަހައި ކުލަ އާ ކުރުމުގެ މަސައްކަތް ކުރަނީ
މިނިވަން 50 އަށް ޒީނަތްތެރި ކުރުމުގެ ގޮތުން “މާރަނަ” އިމާރާތުގެ ވަށާފާރު ކުލަކަހައި ކުލަ އާ ކުރުމުގެ މަސައްކަތް ކުރަނީ

މިނިވަން 50 އަށް ރަށުތެރެ ޒީނަތްތެރިކުރުމުގެ މަސައްކަތުގައި އާއްމު ފަރުދުންނާއި ކުލަބް ޖަމިއްޔާތަކލުން ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ ވީހާވެސް ބޮޑަކަށް ކުރިއަށް ގެންގޮސްދިނުމަކީ ރަށު ކައުންސިލުގެ ވަރަށްބޮޑު އެދުމެވެ.

މީގެ އިތުރުން ތަފާތު އެކި ވައްތަރުގެ ބޮކިތަކުން ރަށުގެ ބަނދަރު މައްޗާއި ސަރުކާރު އޮފީސްތަކާއި ކުންފުނިތައް އަންނަ ބުރާސްފަތި ދުވަހުގެ ރޭއަށް ދިއްލައި ޖަރީކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.