ޑިމޮކްރަސީ ކޭމްޕެއް 2 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޑިމޮކްރަސީ ކޭމްޕުގައި ބައިވެރިވި ކުދިންތަކެއް.--ފޮޓޯ: - ޓްރާންސޕޭރަންސީ މޯލްޑީވްސް
ޑިމޮކްރަސީ ކޭމްޕުގައި ބައިވެރިވި ކުދިންތަކެއް.–ފޮޓޯ: – ޓްރާންސޕޭރަންސީ މޯލްޑީވްސް

 

ޓްރާންސްޕޭރެންސީ މޯލްޑިވްސްއާ އިންޓަނޭޝަނަލް ފައުންޑޭޝަން ފޯ އިލެކްޓޮރަލް ސިސްޓަމްސް (އައިއެފްއީއެސް) ގުޅިގެން ބާއްވާ ޑިމޮކްރަސީ ކޭމްޕް 2 އަންނަ އޮގަސްޓް 29 އިން ސެޕްޓެމްބަރު 4 އަށް ބާއްވަން ނިންމައިފި އެވެ.

ކ. ގިރިފުށީގައި ބާއްވާ މި ކޭމްޕުގައި ބައިވެރިވި ވުމަށް އުމުރުން 14-16 އަހަރުގެ ކުދިންނަށް ހުޅުވާލާފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. ކޭމްޕްގައި ބައިވެރިވުމަށް އެއްވެސް ފީ އެއް ދައްކާކަށް ނުޖެހެ އެވެ. ކޭމްޕާ ގުޅުނހުރި ހުރިހާ ޚަރަދެއް ޓްރާންސް ޕޭރަންސީ އިން ހަމަޖައްސައިދެ އެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ޕްރޮގްރާމް މެނޭޖަރު ތޯރިޤް ހާމިދު ވިދާޅުވިގޮތުގައި މިއީ ޒިންމާދާރު، ކަންކަމަށް އަޅާލައި، އިޚްތިރާމްކުރުމުގެ ސިފަ ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމުގެ މަގުސަދުގައި ބާއްވާ ކޭމްޕެކެވެ. އަދި މި ކޭމްޕްގައި މުޖްތަމައުގައި ހިނގާ ކަންކަމާމެދު ފިކުރުކޮށް އަދި މުޖްތަމައުގައި ދަރިވަރުންގެ ބައިވެރިވުން އިތުރުކުރުމަށް ބާރުއެޅިގެންދާނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ

ޑިމޮކްރަސީ ކޭމްޕުގައި ބައިވެރިވި ކުދިންތަކެއް.--ފޮޓޯ: - ޓްރާންސޕޭރަންސީ މޯލްޑީވްސް
ޑިމޮކްރަސީ ކޭމްޕުގައި ބައިވެރިވި ކުދިންތަކެއް.–ފޮޓޯ: – ޓްރާންސޕޭރަންސީ މޯލްޑީވްސް

 

“ކޭމްޕް ގައި ބައިވެރިވާ ކުދިންނަށް އާ ރަހުމަތްތެރިން ލިބި، މަޖާ މާހައުލެއްގައި ވަރަށް ބައިވަރު މައުލޫމާތު ލިބި، ކަންކަމުގައި އިސްނެގުމާއި އެހެން މީހުންނާ ގުޅިގެން މަސައްކަތްކުރުން ފަދަ ގިނަ ހުނަރުތަކެއް ލިބިގެންދާނެ،” ތޯރިޤް ވިދާޅުވި އެވެ.

އަދި މިއީ ދަރިވަރުންގެ ސްކޫލް ބަންދު ބޭނުންތެރި ގޮތެއްގައި ހޭދުކޮށްލުމަށާއި ސްކޫލް މާހައުލުން ނުލިބޭ އާ ހުނަރުތަކާއި މުހިން މައުލޫމާތު ދަރިވަރުންނަށް ލިބިގެންދާނެ ފުރުސަތެއް ކަމަށްވެސް އެ ޖަމިއްޔާއިން ބުންޏެވެ.

ޓްރާންސް ޕޭރެންސީން ބުނި ގޮތުގައި މި ކޭމްޕްގައި ޕްރޮޖެކްޓެއް އިންތިޒާމްކޮށް ހިންގުމާއި، ކަންކަމުގައި އިސްނެގުމާއި، އެކަކު އަނެކަކާ ގުޅިގެން މަސައްކަތްކުރުމާއި، ވާހަކަދެއްކުމުގެ ހުނަރު ކުދިންނަށް ދަސްކޮށްދެވޭނެ އެވެ.

ޓްރާންސްޕޭރެންސީން ބުނި ގޮތުގައި މި ކޭމްޕަށް ކުދިން ހޮވުމުގައި މަދަރުސީ އަދި ރަށު ފެންވަރުގައި އިތުރު ހަރަކާތްތަކާއި، މަދަނީ ބައިވެރިވުން ހުރި މިންވަރު ބަލާނެ އެވެ.

އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް މި ކޭމްޕަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލަައިފަ އެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން އަންނަނީ އެކި ސްކޫލްތަކުގައި ވެސް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.