މިނިވަން 50 ފާހަގަ ކުރުމަށް އޭދަފުށީގައި ހާއްސަ ހަރަކާތްތަކެއް

މިނިވަން 50 ފާހަގަކުރުމަށް މޭމަހު ބޭއްވި ސްކޫލު ދަރިވަރުންގެ ހިގާލުމުގެ ތެރެއިން-- އީޓީ ފައިލް ފޮޓޯ
މިނިވަން 50 ފާހަގަކުރުމަށް މޭމަހު ބޭއްވި ސްކޫލު ދަރިވަރުންގެ ހިގާލުމުގެ ތެރެއިން– އީޓީ ފައިލް ފޮޓޯ

 

އޭދަފުށީ ޕޮލިސް ސްޓޭޝަނާއި ސަރުކާރު އިދާރާތައް އަދި ކުލަބް ޖަމިއްޔާތަށް ގުޅިގެން މިނިވަން 50ގެ ހަރަކާތްތަކާ ގުޅުވައިގެން އޭދަފުށީގައި ހާއްސަ ހަރަކާތްތަކެއް ބާއްވަން ނިންމައިފި އެވެ.

މި ހަރަކާތްތައް ފެށުމުގެ ގޮތުން “މިނިވަން 50″ގެ ނަމުގައި ހިނގާލުމެއް ރަށުގެ ބޮޑެތި މަގުތަކުގައި ބާއްވާނެ އެވެ. މި ހިނގާލުމުގައި ގައުމީ ހެދުމެއް ނުވަތަ ގައުމީ ކުލަ ރަމްޒުކޮށްދޭ ހެދުމެއް ބޭނުން ކޮށްގެން ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ މިނިވަން 50 ގެ ހަރަކާތްތައް އޭދަފުށީގައި އިންތިޒާމުކުރާ ކޮމެޓީގެ ވަރަށް ބޮޑު އެދެމެކެވެ. ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 26 ވަނަ ދުވަހު ހަވީރު 4:15 ގައި ރަސްމީ ފާލަން ކައިރިންނެވެ.

މި ހިނގާލުމުގައި އެކި ސަރަހައްދު ތަކުގައި މަޑުކޮށް ސަގާފީ ހަރަކާތްތަކެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިނިވަން 50 ފާހަގަކުރުމަށް މޭމަހު ބޭއްވި ސްކޫލު ދަރިވަރުންގެ ހިގާލުމުގެ ތެރެއިން-- އީޓީ ފައިލް ފޮޓޯ
މިނިވަން 50 ފާހަގަކުރުމަށް މޭމަހު ބޭއްވި ސްކޫލު ދަރިވަރުންގެ ހިގާލުމުގެ ތެރެއިން– އީޓީ ފައިލް ފޮޓޯ

 

“ހިނގާލުން ކުރިއަށްދާއިރު ބައެއް ސަރަހައްދުތަކުގައި މަޑުކޮށް ސަގާފީ އަދި ގައުމީވަންތަކަން ދައްކުވައިދޭ ތަފާތު އައިޓަމުތަކެއް ހުށަހަޅައިދޭނެ. އައިޓަމުތައް ހުށަހަޅައިދޭނީ ސްކޫލް ކުދިންނާއި ވަފާ ޖަމިއްޔާގެ ފަރާތުން. އަދި ހިނގާލުން ނިންމާލުމުގެ ގޮތުންވެސް ސްޓޭޖް ސަރަހައްދުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެ،” ޓާސްކް ފޯސްގެ އޮފިޝަލަކު ވިދާޅުވި އެވެ.

މީގެ އިތުރުން ޖުލައި 26 ވަނަ ދުވަހުގެ ރޭ ސްޓޭޖް ސަހައްދުގައި ފަޔާރ ބޯލް އެރުވުމާއި، ލޭޒާ ލައިޓް އަދި ސަގާފީ ބައެއް އައިޓަމުތަކެއް ބޭއްވޭތޯ ޓާސްކްފޯސް ޓީމުންދަނީ މަސައްކަތް ކުރަމުންނެވެ. މީގެ ތެރެއިން ބައެއް ހަރަކާތައް އެރޭ މިނިވަން 50 ފާހަގަ ކުރުމަށް މާލޭގައި ބާއްވާ ޚާއްސަ ޖަލުސާގެ ތެރޭގައި ލައިވް ކުރާނެ އެވެ.

މިނިވަން 50 ފާހަގަކުރުމަށް މޭމަހު ބޭއްވި ސްކޫލު ދަރިވަރުންގެ ހަރަކާތުގެ ތެރެއިން-- އީޓީ ފައިލް ފޮޓޯ
މިނިވަން 50 ފާހަގަކުރުމަށް މޭމަހު ބޭއްވި ސްކޫލު ދަރިވަރުންގެ ހަރަކާތުގެ ތެރެއިން– އީޓީ ފައިލް ފޮޓޯ

 

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް އޭދަފުށި ޒީނަތްތެރި ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ހާއްސަ ގޮތެއްގައި ރަށުގެ ބަނދަރު ސަރަހައްދު ވަށާ ފާރުތައް މަރާމާތުކޮށް ކުލަލައި ސަރުކާރުގެ އިމާރާތްތަކުގައި ބޮކިފަތި ހަރުކުރުން ފާހަގަ ކޮށްލެވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.