ފުޓްސަލު ދަނޑުގެ ލައިޓް ސިސްޓަމް ލިބިއްޖެ: އޭދަފުށީ ކައުންސިލް

ފުޓްސަލް ދަނޑަށް ގެނައި އާ ލައިޓް ސިސްޓަމް ކައުންސިލަރަކު ބައްލަވާލައްވަނީ.
ފުޓްސަލް ދަނޑަށް ގެނައި އާ ލައިޓް ސިސްޓަމް ކައުންސިލަރަކު ބައްލަވާލައްވަނީ.

ސްޕޯޓްސް އެރީނާގެ ދަށުން އޭދަފުށީގައި އެޅި ފުޓްސަލު ދަނޑުގައި ބެހެއްޓި ލައިޓް ސިސްޓަމުން ދަނޑަށް ފުދޭވަރުގެ އަލިކަންނުލިބޭ މައްސަލަ ވަރަށް އަވަހަށް ހައްލުވާނެ ކަމަށާއި އާ ލައިޓް ސިސްޓަމް މިހާރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ފަރާތުން ލިބިފައިވާ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.

ކައުންސިލުގެ ނައިބް ރައީސް މުހައްމަދު ނައުރީފް ވިދާޅުވީ ފުޓްސަލު ދަނޑުގައި ހުންނަން ޔޫތު މިނިސްޓްރީން ސްޕްސިފައިކޮށްފައިވާ ވައްތަރުގެ ލައިޓް ސިސްޓަމް އިއްޔެ ކައުންސިލަށް ލިބިފައިވާ ކަމަށާއި މިނިވަން 50 ގެ ހަރަކާތަތް ނިމުމާއެކު ލައިޓްތައް ހަރުކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

އޭދަފުށީ ފުޓްސަލް ދަނޑު
އޭދަފުށީ ފުޓްސަލް ދަނޑު

އާ ލައިޓް ސިސްޓަމުގައި ހިމެނެނީ ހުދު އަލި ހުންނަ 1000 ވޯޓްގެ 12 ލައިޓެވެ. ދަނޑު ހުޅުވިއިރު ހަރުކޮށްފައި ހުރީ 500 ވޯޓްގެ ރަތް އަލި ހުންނަ 12 ލައިޓެވެ. އެ ލައިޓަތަކުން އެކަށީގެންވާ ވަރަށް އަލި ނުލިބޭތީ ފުޓްބޯޅަ ކުޅޭ ޒުވާނުން ޝަކުވާކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ.

ނައުރީފް ވިދާޅުވި ގޮތުގައި އާ ލައިޓް ސިސްޓަމް ހަރުކޮށް ދިއްލަން ފެށުމުން ޒުވާނުންގެ އެންމެބޮޑު ޝަކުވާއަކަށް ވެފައިވާ ފުޓްސަލް ދަނޑަށް ފުދޭވަރުގެ އަލިކަންނުލިބޭ މައްސަލަ ހައްލުވާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.