ކުރިމަގު ބޯޓް އަޑިއަށް ގޮސްފައިވާތީ ދަތުރުވެރިން ސަމާލުވާން އެދެފި

ބޯޓެއް އަޑިއަށް ގޮސްފައި: ދަރަވަންދޫ "ކުރިމަތު" ބޯޓު އޭދަފުށީ ކައިރިއަށް އަޑިއަށްގޮސްފައި އެކަމަށް ސަމާލުވާން ސިފައިން މިރޭ ވަނީ އެދިފައި.
ބޯޓެއް އަޑިއަށް ގޮސްފައި: ދަރަވަންދޫ “ކުރިމަތު” ބޯޓު އޭދަފުށީ ކައިރިއަށް އަޑިއަށްގޮސްފައި އެކަމަށް ސަމާލުވާން ސިފައިން މިރޭ ވަނީ އެދިފައި.

ބ. އޭދަފުށީ އިރު ދެކުނުން 18 ނޯޓިކަލް މޭލު ބޭރުގައި، ވަނިކޮށް މިއަދު ދިޔަވެ އަޑިއަށްދިޔަ މިއަތޮޅު ދަރަވަންދޫ “ކުރިމަގު” ބޯޓް އަޑިއަށްދިއުމާ ގުޅިގެން ދަތުރުވެރިން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން މިރޭ އިލްތިމާސްކޮށްފި އެވެ.

މިއަދު ހެނދުނު ހިނގި މި ހާދިސާގައި ކުރިމަގު ބޯޓް މުދަލާއެކު އެއްކޮށްވަނީ އަޑިއަށް ގޮސްފައެވެ. ނަމަވެސް ބޯޑުގައި ތިބި 10 މީހުންވަނީ ސަލާމަތްކޮށްގެން މިއަދު މެެންދުރުފަހު އޭދަފުއްޓަށް ގެނެސްފައެވެ.
ބޯޓުގައި ތިބި މީހުން ސަލާމަތްކުރީ މިއަތޮޅު ދުސިތާނީ ރިސޯޓްގެ ލޯންޗެއް އެ ސަރަހައްދަށް ގޮސްގެންނެވެ. އޭގެ ތެރޭގައި އަހަރު ނުވާ ކުޑަކުއްޖަކާއި ދެ އަންހެނުން ހިމެނެ އެވެ. އެ އެންމެންގެ ހާލުވެސް ރަނގަޅެވެ.

އެ ބޯޓު އެއްކޮށް އަޑިއަށްގޮސްފައިވާތީ އެ ހިސާބުން ދަތުރުކުރާ އުޅަނދުތަކުން، ރޭގަނޑު ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފްގެ ކޯސްޓް ގާޑުން އިލްތިމާސް ކުރެއެވެ.

އެސަރަޙައްދުން ދަތުރުކުރާ ފަރާތްތަކަށް މިއުޅަނދާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުމަށް ކޯށްޓްގާޑުން ވަނީ އެދިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.