މިނިވަން 50 އަށް އޭދަފުށި ދިއްލާލައިފި

ކުލަކުލައިގެ ބޮކިފަތިން އޭދަފުށި ޒީނަތްތެރި ކުރެވިފައި-  އީޓީ ފޮޓޯ / ތޯރިގު
ކުލަކުލައިގެ ބޮކިފަތިން އޭދަފުށި ޒީނަތްތެރި ކުރެވިފައި- އީޓީ ފޮޓޯ / ތޯރިގު

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އޭދަފުށީގެ ބަނދަރު މައްޗާއި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ އިމާރާތްތައް މިނިވަން 50 ލޯގޯ ކުރަހައި ކުލަބޮކި ދިއްލައި ޖަރީ ކޮށްލަން ފަށައިފި އެވެ.

ކުލަކުލައިގެ ބޮކިފަތިން އޭދަފުށި ޒީނަތްތެރި ކުރެވިފައި-  އީޓީ ފޮޓޯ / ތޯރިގު
ކުލަކުލައިގެ ބޮކިފަތިން އޭދަފުށި ޒީނަތްތެރި ކުރެވިފައި- އީޓީ ފޮޓޯ / ތޯރިގު

 

 އޭދަފުށީ ޕޮލިސް ސްޓޭޝަނާއި، އަތޮޅު ކައުންސިލް، އެސްޓީއޯ، ބީއެމްއެލް އޭދަފުށީ ބްރާންޗްގައި ހަރުކޮށްފައި ހުރި ބޮކިތައް ދިއްލާފައި ހުރި އިރު ވަރަށް ޗާލެވެ.

އަތޮޅު ހޮސްޕިޓަލާއި ސްކޫލާއި އިންޖީނުގެ އާއި ކައުންސިލު އިދާރާ، އުރީދޫ، ވިލާ ކޮލެޖު، ފެމެލީ ސެންޓަރު އަދި ކޯޓް އިމާރާތް ވެސް ވަނީ އެކިކުލަކުލައިގެ ބޮކިތަކުން ދިއްލާ އަޅާފަ އެވެ.

ކުލަކުލައިގެ ބޮކިފަތިން އޭދަފުށި ޒީނަތްތެރި ކުރެވިފައި-  އީޓީ ފޮޓޯ / ތޯރިގު
ކުލަކުލައިގެ ބޮކިފަތިން އޭދަފުށި ޒީނަތްތެރި ކުރެވިފައި- އީޓީ ފޮޓޯ / ތޯރިގު

 

ބަހިއްޔާ ޕްރީ ސްކޫލާއި ވިލާ ކޮލެޖު، އެސްޓީއޯ އަދި އުރީދޫ އޮފީހުގައި ބޮކިތައް ހަރުކުރުމުގެ މަސައްްކަތް ދަނީ މިހާރުވެސް ކުރަމުންނެވެ.

ގިނަ އޮފީސްތަކުން ބުނީ އެއް ދިއްލާލެވޭނީ މާދަމާ ރެއަށް ކަމަށެވެ.

ކުލަކުލައިގެ ބޮކިފަތިން އޭދަފުށި ޒީނަތްތެރި ކުރެވިފައި-  އީޓީ ފޮޓޯ / ތޯރިގު
ކުލަކުލައިގެ ބޮކިފަތިން އޭދަފުށި ޒީނަތްތެރި ކުރެވިފައި- އީޓީ ފޮޓޯ / ތޯރިގު

 

“ވަރަށް ސަޅި އިނގޭ މިހެން ބޮކިތައް ދިއްލާފައި ހުރީމަ. ވަރަށް ވަރަށް ޗާލު ބަލާލަން. މިހާރު ހީވަނީ ބޮޑު މިރަށަށްވެސް ބޮޑު އީދެއް އައިސްގެ އުޅޭހެން،” ޒުވާން ކުއްޖަކު ބުންޏެވެ.

ބައެއް އިމާރާތް ތަކުގައި މިނިވަން 50 ލޯގޯ ކުރެހުމުގެ މަސައްކަތް ފޯރިއާއެކު އަދިވެސް ދަނީ ކުރަމުންނެވެ.

ކުލަކުލައިގެ ބޮކިފަތިން އޭދަފުށި ޒީނަތްތެރި ކުރެވިފައި-  އީޓީ ފޮޓޯ / ތޯރިގު
ކުލަކުލައިގެ ބޮކިފަތިން އޭދަފުށި ޒީނަތްތެރި ކުރެވިފައި- އީޓީ ފޮޓޯ / ތޯރިގު

މިނިވަން 50 ކުލަގަދަކޮށް ފާހަގަކުރުމަށް ރަށް ދިއްލައި ޒީނަތްތެރިކުރުމުގެ އިތުރުންވެސް ގިނަ ހަރަކާތްތަކެއް ކުރުމަށް ރާވާފައިވެ އެވެ. އެގޮތުންީ “މިނިވަން50″ ގެ ނަމުގައި މާދަމާ ހަވީރު އޭދަފުށީގެ ބޮޑެތި މަގުތަކުގައި ބާއްވާ ހިނގާލުން ފާހަގަކޮށްލެވެ އެވެ. މި ހިނގާލުމުގައި ރަށުގެ އެކިތަންތަނަށް މަޑުކޮށް އެތަންތަނުގައި ގައުމީވަންތަ ސަގާފީ ކުޅިވަރުގެ އިވެންޓް ކުރިއަށްދާނެ އެވެ. މީގެ އިތުރަށް މާދަމާ ރޭ އޭދަފުށީ ސްޓޭޖް ސަރަހައްދުގައި ހާއްސަ ޝޯ އެއް ވޭއްވުމަށްވެސް ދަނީ ތައްޔާރުވަމުންނެެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.