އޭދަފުށީގައި ބާއްވާ މިނިވަން 50 ގެ ބައެއް ހަރަކާތްތައް ލައިވް ކުރާނެ

މިނިވަން 50 އަށް އަތޮޅު ކައުންސިލް އިދާރާ ކުލަ ބޮކިން ދިއްލާފައި – ފޮޓޯ / އަބްދުއްސަލާމް
މިނިވަން 50 އަށް އަތޮޅު ކައުންސިލް އިދާރާ ކުލަ ބޮކިން ދިއްލާފައި – ފޮޓޯ / އަބްދުއްސަލާމް

 

މިނިވަން 50 ފާހަގަ ކުރުމުގެ ގޮތުން އޭދަފުށީގައި ކުރިއަށްގެންދާ ބައެއް ހަރަކާތްތައް ޓީވީއެމް އިން ވަގުތުން ގެނެސްދޭން ނިންމައިފި އެވެ.

ހާއްސަ ކަމެއްގެ ގޮތުގައި މިނިވަން 50 ފާހަގަ ކުރުމަށް ކުލަ ކުލައިގެ ބޮކިތަކުން އޭދަފުށި ދިއްލާލުން ހިމެނެ އެވެ. އަދި މާދަމާ ހަވީރު ބާއްވާ ބޮޑު ހިނގާލުމާއި 27 ވަނަ ދުވަހުގެ ރޭ ބާއްވާ ސްޓޭޖް ޝޯ ގެ ހަރަކާތްތައްވެސް ފާހަގަ ކޮށްލެވެ އެވެ.

ނަމަވެސް މިހަރަކާތްތަކުގެ ތެރެއިން ލައިވް ކުރުމަށް ހަމަޖެހިފައިވަނީ 27 ވަނަ ދުވަހުގެރޭ ރޭ ބާއްވާ ސްޓޭޖް ހަރަކާތްތަކެވެ. އެގޮތުން ސްޓޭޖް ސަރަހައްދުގައި ބާއްވާ ސްޓޭޖް ކުޅިވަރުތައް ހަމައެރޭ މާލޭގައި ބާއްވާ ކުޅިވަރު ހަރަކާތްތަކާއެކު ވަގުތުން ދުރަށް ދައްކާނެ އެވެ. ނަމަވެސް ލައިވު ކުރާނީ ގާތްގަޑަކަށް ދިހަ ވަރަކަށް މިނިޓެވެ.

މިނިވަން 50 އަށް އޭދަފުށީ ޒީނަތްތެރި ކުރުމުގެ މަސައްކަތް ކުރަނީ – އީޓީ ފޮޓޯ / ތޯރިގް
މިނިވަން 50 އަށް އޭދަފުށީ ޒީނަތްތެރި ކުރުމުގެ މަސައްކަތް ކުރަނީ – އީޓީ ފޮޓޯ / ތޯރިގް

 

އޭދަފުށީ ކައުންސިލުގެ ނައިބް ރައީސް މުހައްމަދު ނައުރީފް މިއަދު ވިދާޅުވި ގޮތުގައި ސްޓޭޖް ހަރަކާތްތަކުގައި އޮންނާނީ ދޮންފަނު ބޮޑު ބެރާއި ސްކޫލު ކުދިންގެ ހަރަކާތްތަކުގެ އިތުރުން ޖަމިއްޔަތުލް ވަފާއިން ހުށަހަޅައިދޭ ސަގާފީ ހަރަކާތްތަކެވެ. އަދި އެރޭ އެ ސަރަހައްދުގައި ހާއްސަ ލޭޒާ ލައިޓެއް މައްޗަށް އަޅުވާނެ ކަމަށްވެސް ނައުރީފް ވިދާޅުވި އެވެ.

ކުލަކުލައިގެ ބޮކިފަތިން އޭދަފުށި ޒީނަތްތެރި ކުރެވިފައި-  އީޓީ ފޮޓޯ / ތޯރިގު
ކުލަކުލައިގެ ބޮކިފަތިން އޭދަފުށި ޒީނަތްތެރި ކުރެވިފައި- އީޓީ ފޮޓޯ / ތޯރިގު

 

“މިއީ ސަރުކާރުން ރާއްޖޭގެ 3 ރަށެއްގައި ކުލަގަދަކޮށް ފާހަގަ ކުރާ އިވެންޓެއް. އެއީ އޭދަފުއްޓާއި، ކުޅުދުއްފުށީ އަދި ސ. ފޭދޫ ގައި. މި އިވެންޓްގައި މައްޗަށް ބޮޑު ލައިޓްގެ އަލި މުޅި އަތޮޅަށް ކަހަލަ ގޮތަކަށް ފެންނާނެ. އެގޮތުން މީގެ ތެރެއިން 10 މިނިޓްގެ ލައިވެއް ކުރިއަށްދާނެ. ގަލޮޅު ދަނޑަުގައި ބާއްވާ ހަރަކާތްތަކުގައި ވަގުތުން ފެންނާނެ. އަދި މިކޮޅަށްވެސް ދަނޑުގެ ހަރަކާތްތައް ބޮޑު ސްކްރީން މެދުވެރިކޮށް ފެންނާނެ،”

ނައުރީފް ވިދާޅުވީ މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވީހާވެސް ގިނަ ބައެއްގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

މިނިވަން 50ގެ ހަރަކާތްތައް:

• މިނިވަން 50 ގެ ބޮޑު ހިނގާލުން (26 ވަނަ ދުވަހު ހަވީރު އޭދަފުށީގެ ބޮޑެތި މަގުތަކުގައި)
• ހިނގާލުމުގެ ތެރެއިން ކުރިއަށްގެންދާ ސަގާފީ ކުޅިވަރުތައް (ކުޅިވަރުތަކުގެ ތެރޭގައި ކުރުފަލި، ތާރަޖެހުން، ދަފިނެގުން، ބޮޑުމަސް ކުޅުން، ބޮޑުބެރު، މާލި ނެށުން ހިމެނޭ)
• މިނިވަން 50 ފާހަގަކުރުމަށް މާލޭގައި ބާއްވާ ރަސްމީ ޖަލްސާ (26 ވަނަ ދުވަހުގެ ރޭ ސްޓޭޖް ސަރަހައްދުގައި ބޮޑު ސްކްރީން ދެއްކުން)
• މިނިވަން 50 ހާއްސަ ސްޓޭޖް ޝޯ (27 ވަނަ ދުވަހު ގެ ރޭ ސްޓޭޖް ސަރަހައްދުގައި)

މިނިވަން 50 އަށް އަތޮޅު ކައުންސިލް އިދާރާ ކުލަ ބޮކިން ދިއްލާފައި – ފޮޓޯ / އަބްދުއްސަލާމް
މިނިވަން 50 އަށް ބަހިއްޔާ ޕްރީސްކޫލް ކުލަ ބޮކިން ދިއްލާފައި – ފޮޓޯ / އަބްދުއްސަލާމް

 

އޭދަފުށީ ޕޮލިސް ސްޓޭޝަންގެ އިސްނެގުމާއެކު ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ އިތުރުން ކްލަބު ޖަމިއްޔާތައް ގުޅިގެން މިނިވަން 50 ގެ ހަރަކާތްތަކަށް ތައްޔާރުވުމުގެ މަސައްކަތް ވަރަށް ފޯރިއާއެކު ދަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.