ސްޓޭޖް ހަރަކާތްތައް އަންނަ ހުކުރު ދުވަހުގެ ރެއަށް ފަސްކޮށްފި

މިނިވަން 50 އަށް އެސްޓީއޯ އޭދަފުށީ ކޮމްޕްލެކްސް ކުލަ ބޮކިން ދިއްލާފައި، ސްޓޭޖް ހަރަކާތްތައް ހުކުރު ދުވަހުގެ ރެއަށް ވަނީ ފަސްކޮށްފައި– ފޮޓޯ / އަބޫ ޔައުލާ
މިނިވަން 50 އަށް އެސްޓީއޯ އޭދަފުށީ ކޮމްޕްލެކްސް ކުލަ ބޮކިން ދިއްލާފައި، ސްޓޭޖް ހަރަކާތްތައް ހުކުރު ދުވަހުގެ
ރެއަށް ވަނީ ފަސްކޮށްފައި– ފޮޓޯ / އަބޫ ޔައުލާ

މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ހިންގާ ހަރަކާތުގެ ދަށުން މާދަމާ ރޭ އޭދަފުށީގައި ބާއްވަން ހަމަޖެއްސި މިނިވަން 50ގެ ސްޓޭޖް ހަރަކާތްތައް އަންނަ ހުކުރު ދުވަހުގެ ރެއަށް ފަސްކޮށްފި އެވެ.

ސްޓޭޖް ހަރަކާތްތައް ފަސްކުރީ މާދަމާ ރޭ މާލޭގައި ބާއްވަން ހަމަޖެއްސި މިނިވަން 50ގެ ރަސްމީ ކުޅިވަރުތައް އަންނަ ހުކުރު ދުވަހުގެ ރެއަށް ފަސްކުރުމާ ގުޅިގެންނެވެ.

އޭދަފުށީ ކައުންސިލުން ބުނި ގޮތުގައި މިނިވަން 50 ފާހަގަ ކުރުމަށް އޭދަފުށީ ސްޓޭޖް ސަރަހައްދުގައި ބާއްވާ ސްޓޭޖް ހަރަކާތްތަކުގައި ދޮންފަނު ބޮޑު ބެރުގެ އިތުރުން ސްކޫލު ކުދިންނާއި ވަފާ ޖަމިއްޔާގެ އައިޓަމުތައް ހުށަހަޅައިދޭނެ އެވެ. އަދި މި ޝޯ ގެ ތެރެއިން ވަގުތު ކޮޅެއް މާލޭގައި ބާއްވާ ރަސްމީ ކުޅިވަރުތަކުގެ ތެރެއިން ޓީވީއެމުން ވަގުތުން ލައިވް ކުރާނެ ކަމަށްވެސް ރަށު ކައުންސިލުން ބުންޏެވެ.

ދިވެހިންނަށް މިނިވަންކަން ލިބުނުތާ 50 އަހަރު ފުރުމާއި ރާއްޖޭގެ މި އަހަރުގެ މިނިވަންދުވަހާ ގުޅިގެން އޭދަފުށީގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު:-- އީޓީ ފޮޓޯ / / ތޯރިގް
ދިވެހިންނަށް މިނިވަންކަން ލިބުނުތާ 50 އަހަރު ފުރުމާއި ރާއްޖޭގެ މި އަހަރުގެ މިނިވަންދުވަހާ ގުޅިގެން އޭދަފުށީގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު:– އީޓީ ފޮޓޯ / / ތޯރިގް

 

މިނިވަން ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން މިނިވަން ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ރަސްމިޔާތު ރޭ ބ. އަތޮޅު ކައުންސިލު އިދާރާގައި ވަނީ ބާއްވައިފަ އެވެ. އެ ރަސްމިޔާތުގައި ސަރުކާރު މުއައްސަސާތަކާއި އަމިއްލަ ކުންފުނިތަކުގެ އިސްވެރިންނާއި ބައެއް މުވައްޒަފުން ބައިވެރިވި އެވެ.

މީގެ އިތުރުން މިނިވަން 50 ފާހަގަ ކުރުމަށް އޭދަފުށީގައި ބާއްވާ ހިނގާލުން މިއަދު ހަވީރު 4:15 ގައި ރަސްމީ ފާލަން ކައިރިން ފަށާނެ އެވެ. ހިނގާލުގެ ތެރެއިން ނާއި ހިނގާލުން ނިންމާލުމުގެ ގޮތުން ސަގާފީ ކުޅިވަރުތަކެއް ކުރިއަށްދާނެ އެވެ.

ކުލަކުލައިގެ ބޮކިފަތިން އޭދަފުށި ޒީނަތްތެރި ކުރެވިފައި-  އީޓީ ފޮޓޯ / ތޯރިގު
ކުލަކުލައިގެ ބޮކިފަތިން އޭދަފުށި ޒީނަތްތެރި ކުރެވިފައި- އީޓީ ފޮޓޯ / ތޯރިގު

 

އޭދަފުށީގެ މުޅި ބަނދަރު މައްޗާއި ސަރުކާރު އަދި ކުންފުނިތަކުގެ އިމާރާތްތައް ވަނީ މިނިވަން 50 ފާހަގަކުރުމުގެ ގޮތުން ކުލަ ބޮކިން ދިއްލާއަޅާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.