މިނިވަން 50 ގެ ޚާއްސަ މިއުޒިކު ޝޯ އެއް މިރޭ

މިނިވަން 50 ފާހަގަ ކުރުމަށް މިއަދު ހަވީރު އޭދަފުށީގައި ބޭއްވި ހިނގާލުމުގެ ތެރެއިން. މި ހިނގާލުމުގައި ރެކޯޑް އަދަދަކަށް މީހުން ބައިވެރިވި
މިނިވަން 50 ފާހަގަ ކުރުމަށް އިއްޔެ ހަވީރު އޭދަފުށީގައި ބޭއްވި ސްޓޭޖް ހަރަކާތަކުގެ ތެރެއިން. މިރޭ ޚާއްސަ މިއުޒިކު ޝޯ އެއް އޮންނާނެ

 

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން މިރޭ ބ. އޭދަފުށީގައި ޚާއްސަ މިއުޒިކް ޝޯ އެއް އޮންނާނެ އެވެ.

އޭދަފުށީ ސްޓޭޖް ސަރަހައްދުގައި މިރޭ 9:00 ގައި އެނިމޭޝަން ބޭންޑާއެކު ބާއްވާ މި ޝޯ ގައި ޖަމިއްޔަތުލް ވަފާގެ ހުށަހެޅުންތައްވެސް އޮންނާކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

އެނިމޭޝަން ބޭންޑުގެ ފަންނާޏުން ހަވީރު އޭދަފުއްޓަށް ފައިބަނީ. މިރޭ ޝީގައި އެ ބޭންޑުގެ ފޯރިގަދަ ނެށުންތައް ހުށަހަޅައިދޭނެ
އެނިމޭޝަން ބޭންޑުގެ ފަންނާޏުން ހަވީރު އޭދަފުއްޓަށް ފައިބަނީ. މިރޭ ޝީގައި އެ ބޭންޑުގެ ފޯރިގަދަ ނެށުންތައް ހުށަހަޅައިދޭނެ– ފޮޓޯ / ނައުޝާދު

 

މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ހިންގާ ހަރަކާތުގެ ދަށުން މިރޭ ބާއްވަން ކުރިން ހަމަޖެއްސި މިނިވަން 50ގެ ޚާއްސަ ސްޓޭޖް ހަރަކާތްތައް އަންނަ ހުކުރު ދުވަހުގެ ރެއަށް ވަނީ ފަސްކޮށްފަ އެވެ.

އޭދަފުށީ ކައުންސިލުން ބުނި ގޮތުގައި މިނިވަން 50 ފާހަގަ ކުރުމަށް އޭދަފުށީ ސްޓޭޖް ސަރަހައްދުގައި ހުކުރު ދުވަހުގެރޭ ބާއްވާ ސްޓޭޖް ހަރަކާތްތަކުގައި ދޮންފަނު ބޮޑު ބެރުގެ އިތުރުން ސްކޫލު ކުދިންނާއި ވަފާ ޖަމިއްޔާގެ އައިޓަމުތައް ހުށަހަޅައިދޭނެ އެވެ.

މިނިވަން 50ގެ ހަރަކާތްތައް އޭދަފުށި ގައި ބާއްވަނީ އޭދަފުށީ ޕޮލިސް ސްޓޭޝަންގެ އިތުރުން ސަރުކާރު/ކުންފުނި ތަކާއި އަދި ރަށުގެ ކްލަބް ޖަމިއްޔާތައް ގުޅިގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.