މިނިވަން 50ގެ ފޯރި ގަދަވެ، ހަރަކާތްތައް އިތުރުކޮށްފި

މިނިވަން 50 ފާހަގަ ކުރުމަށް މިއަދު ހަވީރު އޭދަފުށީގައި ބޭއްވި ހިނގާލުމުގެ ތެރެއިން. މި ހިނގާލުމުގައި ރެކޯޑް އަދަދަކަށް މީހުން ބައިވެރިވި
މިނިވަން 50 ފާހަގަ ކުރުމަށް  އޭދަފުށީގައި ބޭއްވި ހިނގާލުމުގެ ތެރެއިން. މިރަށޫގައި މިނިވަން 50 ގެ ފޯރި މިހާރުވަނީ ގަދަވެފައި

މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް އޭދަފުށީގައި ހިންގާ ހަރަކާތްތަކުގެ ފޯރި ގަދަވެ، އިތުރު ހަރަކާތްތަކެއް މި ހަފްތާ ބަންދުގެ ނިޔަލަށް ކުރިއަަށް ގެންދަން ނިންމައިފި އެވެ.

މިނިވަން 50 ސްޓިއަރީން ކޮމެޓީން ރޭ ބުނީ މިނިވަން 50 ފާހަގަ ކުރުމަށް އޭދަފުށީ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކުވެސް ޚާއްސަ ހަރަކާތެއް މިރަށުގައި ކުރިއަށްދާނެ ކަމަށެވެ.

މިނިވަން 50 ފާހަގަ ކުރުމަށް މިއަދު ހަވީރު އޭދަފުށީގައި ބޭއްވި ހިނގާލުމުގެ ތެރެއިން. މި ހިނގާލުމުގައި ރެކޯޑް އަދަދަކަށް މީހުން ބައިވެރިވި
މިނިވަން 50 ފާހަގަ ކުރުމަށް  އޭދަފުށީގައި ބޭއްވި ސަގާފީ ހަވީރުގެ ތެރެއިން

އެގޮތުން މިއަދު ހަވީރު ހާއްސަ ސައިކަލު ބުރެއް ބޭއްވުމަށްވަނީ ހަމަޖެހިފަ އެވެ. އަދި މާދަމާ ހަވީރު “ކުޑަކުދިންގެ ހަވީރެއްވެސް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ. މީގެ އިތުރުން މިނިވަން 50 ގެ ޚާއްސަ ސްޓޭޖް ހަރަކާތްތައް އަންނަ ހުކުރު ދުވަހުގެރޭ އޭދަފުށީ ރަސްމީ ސްޓޭޖުގައި އޮންނާނެ އެވެ. ސްޓޭޖު ހަރަކާތަތަކުގައި ސްކޫލު ކުދިންގެ އައިޓަމުތައްވެސް ކުރިއަށްދާނެ ކަމަށް ސްޓީއަރީން ކޮމެޓީން ބުންޏެވެ.

މިނިވަން 50 ފާހަގަކުރުމަށް އޭދަފުށީގައި 26 ވަނަ ދުވަހު ހަވީރު ވަނީ ބޮޑު ހިނގާލުމެއްވެސް ބާއްވައިފަ އެވެ. ގިނަ އަދަދެއްގެ އާއްމުން ބައިވެރިވި މި ހިނގާލުން ނިންމާލުމުގެ ގޮތުން ސަގާފީ ކުޅިވަރު ހަރަކާތްތަކެއްވެސް އެދުވަހު ހަވީރުވަނީ ބާއްވައިފަ އެވެ. އަދި ރޭ ވަނީ އޭދަފުށީ ރައްޔިތުންނަށް ޚާއްސަ މިއުޒިކު ޝޯ އެއްވެސް ބާއްވައިފަ އެވެ.

މިނިވަން ފަންސާހަށް އޭދަފުށީ ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފަ އެވެ. މިނިވަން 50 އަށް އޭދަފުށީ ޒީނަތްތެރި ކުރުމުގައި ސަރުކާރުގެ މުއައްސަސާތަކާއި، ކުންފުނިތަކާއި ޖަމިއްޔާ ތަކުގެ އިތުރުން އާއްމުންގެ މެދުގައިވެސް ބޮޑު ވާދަވެރިކަމެއް އުފެދިފައިވާކަން ފާހަގަކޮށްލެވެ އެވެ. ކުދިބޮޑު އެންމެން މި މަސައްކަތުގައި ޝާމިލުވެގެން އުޅޭއިރު، އޭދަފުށީގެ ބަނދަރު ސަރަހައްދަށް ބަލާލުމުން މިނިވަންކަމުގެ އުފާ ފާހަގަކުރަމުންދާ މަންޒަރު ސިފަވެގެންދެ އެވެ.

މިނިވަން 50 އަށް ކުލަބޮކިން އޭދަފުށީ ޖަރީކޮށްފައި
މިނިވަން 50 އަށް ކުލަބޮކިން އޭދަފުށީ ޖަރީކޮށްފައި

އެކި ކަހަލަ ޑިޒައިންތަކަށް ޤައުމީ ކުލަތަކުން ސަރުކާރުގެ އިމާރާތްތަކާއި، ބޮޑެތި ކުންފުނިތަކުގެ އިތުރުން، ސަރުކާރު އިމާރާތްތަކާއި މުޅި ބަދަރު މަތީ ވަނީ ދިއްލާލާފައެވެ. މިނިވަން ފަންސާހާއި ގުޅިގެން މާލެ އެކޭ އެއްގޮތަށް މިރަށަށްވެސް މިވަނީ ކުލަކުލައިގެ ބޮކިތަކުން އީދެއް އައިސްފައެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. nikamethi rayyithumeehaa

    ތިރަށުގަ ފޯރި ގަދަވާނެއެންނު. އަތޮޅު ހުރިހާ ރަށަކަށް ފޮނުވިހާ ބޮކިފަތިތައް ރަށުގެ މަލަމައްޗާ، ހުރިހާ އިމާރާތްތަކުގަ ލާފަހުރި ކުލަ ވަކިނުވާ ވަރަށް އެއޮތީ ދަމާފައެއްނު. އެއޮއް ބޮޑު އައްޑޫ އަށްވެސް ސަރުކާރުން ފޮނުވީ އެންމެ 12 ފަތި ބޮކި. ދެން ތިއޮއް ކުޑަ ރަށަށް ތިހާ ގިނަ ބޮކިފަތި ލިބުނީމަ އެވީގޮތް މި އަތޮޅު ރައްޔިތުންނަކަށް ނޯޅެ. މުޅިންވެސް، މިއަތޮޅު އެހެން ރަށްރަށަށް ލިބޭހާ އެއްޗެއްގެ ބޭނުންކޮށްގެން ނުހައްގުން ހޯދާފައޮތް ތަރައްޤީ. ނަމެއްގަ އޮންނަ އަތޮޅު ކައުންސިލެކޯ ހުރިހާ ކަމެއް ކޮށްދެނީ އޭދަފުށްޓަށް އެކަނި. ދެން ނާންނާތި ވޯޓު ހޯދަން. މަ ވައްސަލާމް. ލަދެއްވެސް ނުގަނޭ މިކަހަލަ ހަބަރު ލިޔާކަށް

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.