ސޮނެވާފުށްޓަށް މަޝްހޫރު އިނގިރޭސި ސެލޯ ކުޅުންތެރިޔާ ސްޓީވަން އިސާރލިސް

Steven-cover-pic1-570x379

ބ. އަތޮޅު ސޮނެވާފުށި ރިސޯޓުގައި މިއަދުން ފެށިގެން އޮގަސްޓް ދެވަނަ ދުވަހާ ހަމައަށް މަޝްހޫރު އިނގިރޭސި ސެލޯ ކުޅުންތެރިޔާ ސްޓީވަން އިސާރލިސް ކޮންސެޓްތަކެއް ބާއްވާނެ ކަމަށް އެ ރިސޯޓުން ބުނެފިއެވެ.

އިރުއޮއްސޭ ވަގުތު އާއްމު ގޮތެއްގައި ރިސޯޓްގެ އެކިއެކި ތަންތާނގައި ބާއްވާ މި ކޮންސެޓްތަކުގެ އިތުރުން ސޮނެވާފުށީގައި ތިބޭ ފަތުރުވެރިންގެ ތެރޭގައި ހިމެނޭ ކުޑަކުދިންނަށް ހާއްސަ ކޮންސެޓެއް ވެސް އޭނާ ބާއްވާ ގޮތަށް ހަމަޖެހިފައިވެއެވެ.

މުދައްރިސެއްގެ އިތުރުން ފޮތް ލިޔުންތެރިއެއް ވެސް ކަމަށް ވާ ސްޓީވަން ވަނީ ކުޑަކުދިންނަށް ވާހަކަ ފޮތް ވެސް ޝާއިއު ކުރައްވައިފައެވެ.

ސްޓީވަން އިސާރލިސް
ސްޓީވަން އިސާރލިސް

ސްޓީވަން ރާއްޖެ އަށް މި ކުރައްވާ ދަތުރަކީ ސޮނެވާފުށްޓަށް ގެނައުމަށް ހަމަޖެހިފައިވާ ދުނިޔޭގެ މަޝްހޫރު މީހުންގެ ލިސްޓްގައި ހިމެނޭ އެކަކު ކަމަށް އެ ރިސޯޓުން ބުންޏެވެ. އެ ގޮތުން ގެންނަން ހަމަޖެހިފައިވާ ފަންނާނުންގެ ތެރޭގައި މިއުޒިކް ކުޅުންތެރިންނާއި ކުރެހުންތެރިންނާއި ކައްކާއިންނާއި ސިއްހީ ހިދުމަތްތެރިން ހިމެނެއެވެ.

ބްރޯޑްކާސްޓް ކުރުމުގެ ދާއިރާގައި ވެސް ހަރަކާތްތެރިވެ ވަޑައިގަންނަވާ ސްޓީވަން އަކީ އެކި ދާއިރާތަކުން އިނގިރޭސި ވިލާތުން ދޭ އެންމެ މަޝްހޫރު “ކޮމާންޑަރ އޮފް ބްރިޓިޝް އެމްޕަޔަރ” ނުވަތަ ސީ.ބީ.އީ އެވޯޑު ލިބިވަޑައިގެންފައިވާ އަދި ބީބީސީ ރޭޑިއޯގެ ޕްރޮގްރާމްތަކުގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅެކެވެ. އަދި 2013 ގައި އޭނާ ވަނީ ގްރެމެފޯންގެ ‘ހޯލް އޮފް ފޭމް’ގައި ވެޑުވުނު މި ވަގުތު ދުނިޔޭގައި ދިރިތިއްބެވި އެންމެ ދެ ސެލޯ ކުޅުންތެރިންގެ ތެރެއިން އެކަކަށް ވެވަޑައިގެންފައެވެ. ސްޓީވް އާ ބެހޭ އިތުރު މައުލޫމާތު އޭނާގެ ރަސްމީ ވެބްސައިޓުން ލިބިވައިގަންނަވާނެއެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.