ހުކުރު ދުވަހުގެރޭ ބާއްވާ ޝޯ އަށް ހަރުބީ، އަދި ހަވާ ވެސް އަރުވާނެ

އެމްއެންޑީއެފްގެ ރަސްމިއްޔާތެއްގައި ހަވާއަރުވަނީ:. ހުކުރު ދުވަހުގެރޭ އޭދަފުށީގައި ހަވާ އަރުވާނެ
އެމްއެންޑީއެފްގެ ރަސްމިއްޔާތެއްގައި ހަވާއަރުވަނީ:. ހުކުރު ދުވަހުގެރޭ އޭދަފުށީގައި ހަވާ އަރުވާނެ

 

މިނިވަން ކަމަށް 50 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން އަންނަ ހުކުރު ދުވަހުގެ ރޭ އޭދަފުށީގައި ބާއްވާ ސްޓޭޖް ޝޯ އަށް މަޝްހޫރު ބޮޑުބެރު ގްރޫޕް “ހަރުބީ” ގެ ބޮޑުބެރާއެކު ޝޯ ގެ ތެރެއިން ހަވާ އަރުވާގޮތް ހަމަޖެހިއްޖެ އެވެ.

މިނިވަން 50 ގެ ކުޅިވަރު ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ރަށުކައުންސިލުގެ ނައިބް ރައީސް މުހައްމަދު ނައުރީފް މިއަދު ވިދާޅުވީ ހުކުރު ދުވަހު އޭދަފުށީ ސްޓޭޖު ސަރަހައްދުގައި ބާއްވާ ސްޓޭޖް ޝޯގެ ތެރެއިން ހަވާ އެރުވުމުގެ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށެވެ.

ހަރުބީ ބޮޑުބެރު ގްރޫޕް. ޝޯގެ ތެރެއިން ހަރުބީ ބޮޑުބެރު ގްރޫޕްވެސް ފެނިގެންދާނެ
ހަރުބީ ބޮޑުބެރު ގްރޫޕް. ޝޯގެ ތެރެއިން ހަރުބީ ބޮޑުބެރު ގްރޫޕްވެސް ފެނިގެންދާނެ

 

“ސްޓޭޖް ޝޯ ގެ ތެރެއިން ހަވާ އެރުވުމުގެ ކަންތައްތައް ކުރިޔަށް ގެންދަނީ އެމްއެންޑީއެފްގެ ފަރާތުން ސިފައިން. ހަވާ އެރުވުމަށް ހަމަޖައްސާފައި ވަނީ ސްޓޭޖް ސަރައްދުން ބޭރު ކަނޑުގައި،” ނައުރީފް ވިދާޅުވި އެވެ.

ނައުރީފް ވިދާޅުވީ ހުކުރު ދުވަހުގެ ރޭ އޮންނަ ޝޯ އިތުރަށް ފޯރި ގަދަކުރުމުގެ ގޮތުން “ހަރުބީ” ބޮޑުބެރު ގްރޫޕްގެ ހަރަކާތްތަކެއްވެސް ކުރިއަށްދާނެ ކަމަށެވެ.

“ހަގީގަތުގައި މާލެ ފިޔަވައި މިނިވަން 50 ގެ ފޯރި އެންމެ ގަދަކޮށް މިދަނީ އޭދަފުށީގައި، ގައުމީ މިހަކަލަ ކޮންމެ ކަމެއްގައި އޭދަފުށިން ދައްކުވައިދެނީ މުޅި ރާއްޖެ އަށް ނަމޫނާއެއް، އެކަމަށްޓަކައި ހުރިހާ ފަރާތްތަކަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން”

ކުލަބޮކިން އޭދަފުށީ ޖަރީކޮށްފައި
ކުލަބޮކިން އޭދަފުށީ ޖަރީކޮށްފައި

 

އޭދަފުށީގައި މިނިވަން 50 ގެ ފޯރި ގަދަވެ މިރަށްވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފަ އެވެ. މިނިވަން 50 އަށް އޭދަފުށީ ޒީނަތްތެރި ކުރުމުގައި ސަރުކާރުގެ މުއައްސަސާތަކާއި، ކުންފުނިތަކާއި ޖަމިއްޔާ ތަކުގެ އިތުރުން އާއްމުންގެ މެދުގައިވެސް ބޮޑު ވާދަވެރިކަމެއް އުފެދިފައިވާކަން ފާހަގަކޮށްލެވެ އެވެ. އޭދަފުށީގެ ބަނދަރު ސަރަހައްދަށް ބަލާލުމުން މިރަށުގައި މިނިވަންކަމުގެ އުފާ ފާހަގަކުރަމުންދާ މަންޒަރު މާލެއެކޭ އެއްގޮތަށް ސިފަވެގެންދެ އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. ލލ

    ވަރަށް އުފާ ވެއްޖެ އޭދަފުށި ރައްޔިތުން އެކަތި ގަނޑަކަށްވެ ގައުމީ ކަމެއްގަ ބައިވެރިވާ ތަން ފެނުމުން. އަބަދުވެސް ތިގޮތުގަ ދެމި ތިބޭނެ ކަމަށް އުމީދު ކުރަން! 🙂

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.