މިނިވަން 50 ކުޑަކުދިންގެ ހަވީރު މާދަމާ

މިއަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބަހިއްޔާ ޕްރީ ސްކޫލުގައި މިއި 22، 2015  ދުވަހު ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން
މިއަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބަހިއްޔާ ޕްރީ ސްކޫލުގައި މޭ 22، 2015 ދުވަހު ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން

 

މިނިވަން 50 ފާހަގަ ކުރުމުގެ ގޮތުން އޭދަފުށީގައި ބޭއްވުމަށް ހަމަޖައްސާފައިވާ ކުޑަކުދިންގެ ހަވީރު މާދަމާ ހަވީރު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ން ބުނީ ކުޑަކުދިންގެ ހަވީރު ފާހަގަކުރުމަށް ހަމަޖައްސާފައި ވަނީ މާދަމާ ހަވީރު 4:15 އިން 6:00 އަށް އޭދަފުށީ ސްޓޭޖް ސަރަހައްދުގައި ކަމަށެވެ.

ކުޑަކުދިންގެ މި ހަވީރުގައި ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ކުންފުނިތަކުން ތަފާތު ސްޓޯލްތައް ބައިވެރިކުރުމަށް ވަނީ ނިންމާފަ އެވެ. މީގެ ތެރޭގައި ދިރާގު، އުރީދޫ، ޕޮލިސް، އެސްޓީއޯ، ތައުލީމީ މަރުކަޒު، ހޮސްޕިޓަލުން ވެސް ބައިވެރިވެ އެވެ.

އޭދަފުށީ މިނިވަން 50 ސްޓިއަރިން ކޮމެޓީގެ އޮފިޝަލަކު ވިދާޅުވީ ކުޑަކުދިންގެ ހަވީރުގެ ތެރޭގައި ސްކޫލް ކުދިންގެ މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތަކާއި އެ ނޫން ވެސް ކުޅިވަރު ޕްރޮގްރާމްތައް ހިމެނޭ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. މުޙައްމަދުބޭ

    ކޮބާ ތަ ؟ ރަށު ކައުންސިލާ ، އަތޮޅު ކައުންސިލް މި އިދާރާ ތަކުން ކުރާ އެއްވެސް ކަމެއް ނެތީތަ؟؟؟

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.