ހަރުބީގެ ޝެޑިއުލް ކުއްލިއަކަށް ބަދަލުވެ އޭދަފުއްޓަށް ނާދެވޭ ގޮތް ދިމާވެއްޖެ

ހަރުބީ ބޮޑުބެރު ގްރޫޕް. ޝޯގެ ތެރެއިން ހަރުބީ ބޮޑުބެރު ގްރޫޕްވެސް ފެނިގެންދާނެ
ހަރުބީ ބޮޑުބެރު ގްރޫޕް.

ބޮޑުބެރު މިއުޒިކަށް އިންގިލާބެއް ގެނުވި “ހަރުބީ” ގްރޫޕުގެ ޝެޑިއުލް ކުއްލިއަކަށް ބަދަލުވެ މިނިވަން ކަމަށް 50 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން އަންނަ ހުކުރު ދުވަހުގެ ރޭ އޭދަފުށީގައި ބާއްވާ ސްޓޭޖް ޝޯ ގައި ބައިވެރި ނުވެވޭގޮތް ވެއްޖެ އެވެ.

މިނިވަން 50 ގެ ކުޅިވަރު ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ރަށުކައުންސިލުގެ ނައިބް ރައީސް މުހައްމަދު ނައުރީފް ދެންމެ ވިދާޅުވީ “ހަރުބީ” ގްރޫޕަށް މި ޝޯ ގައި ބައިވެރިނުވެވޭ ގޮތްވީ ކުއްލި ގޮތަކަށް އެ ގްރޫޕުން ރާއްޖޭން ބޭރުގައި އޮންނަ ޝޯ އެއްގައި ޕާފޯމްކުރަންޖެހޭ ގޮތަށް ހަމަޖެހުމުންނެވެ.

“މިކޮޅަށް [އޭދަފުއްޓަށް] އަންނަ ގޮތަށް ހުރިހާ ކަމެއް ކޮންފޯމްވެ ނިމިފަ އޮއްވަ ކުއްލި ގޮތަކަށް ދެންމެ ކެންސަލުކުރިކަން އެންގީ، އެއީ އެ ގްރޫޕުން އަންނަ މަހު 2 ގައި މެލޭޝިޔާގައި އޮންނަ އިވެންޓެއްގައި ޕާފޯމްކުރަން ޖެހޭތީ. ކުރިން އެ އިވެންޓް އޮންނަ ގޮތަށްއޮތީ އަންނަ މަހު 4 ގައި،” ނައުރީފް ވިދާޅުވި އެވެ.

ރާއްޖެ އާއި ބޭރު ގައުމުތަކުގައި މަގްބޫލުކަން ހޯދާފައިވާ ހަރުބީ ގްރޫޕުން ވަނީ ބޭރުގެ އެކި ތަންތަނުގައި މީގެކުރިން ވެސް ޝޯ ހުށަހަޅައިދީފަ އެވެ. އޭގެ ތެރޭގައި މެލޭޝިއާ އާއި ދުބާއީ އާއި ޗައިނާ އާއި ޖަރުމަން ފަދަ ގައުމުތައް ހިމެނެ އެވެ.

އެހެން ނަމަވެސް ހުކުރު ދުވަހު އޭދަފުށީ ސްޓޭޖު ސަރަހައްދުގައި ބާއްވާ ސްޓޭޖް ޝޯގެ ތެރެއިން ހަވާ އެރުވުމުގެ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމުގެ ޔަގީންކަން ނައުރީފު ދެއްވި އެވެ. އަދި އިތުރު ބޭންޑެއް ގެނެވޭތޯ މިހާރުވެސް މަސައްކަތްކުރަންދާ ކަމަށް ނައުރީފް ވިދާޅުވި އެވެ.

އޭދަފުށީގައި މިނިވަން 50 ގެ ފޯރި ގަދަވެ މިރަށްވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފަ އެވެ. މިނިވަން 50 އަށް އޭދަފުށީ ޒީނަތްތެރި ކުރުމުގައި ސަރުކާރުގެ މުއައްސަސާތަކާއި، ކުންފުނިތަކާއި ޖަމިއްޔާ ތަކުގެ އިތުރުން އާއްމުންގެ މެދުގައިވެސް ބޮޑު ވާދަވެރިކަމެއް އުފެދިފައިވާކަން ފާހަގަކޮށްލެވެ އެވެ. އޭދަފުށީގެ ބަނދަރު ސަރަހައްދަށް ބަލާލުމުން މިރަށުގައި މިނިވަންކަމުގެ އުފާ ފާހަގަކުރަމުންދާ މަންޒަރު މާލެއެކޭ އެއްގޮތަށް ސިފަވެގެންދެ އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. Eyna

    ފޮނިކެނޑުމުގެ އިންތިހާ…. އޭދަފުށިޓައިމްސް މިހާރު ވަރަށް ދޮގު ޙަބަރު ފަތުރާކަން ފާހަނގަކުރެވޭ… ދެން މިއަދު ބުނޭ ހަވާވެސް ކުއްލިގޮތަކަށް މެލޭޝިޔާއަށް ދާން ޖެހުނީ ޔޭ…. ކައުންސިލުން މިއަށްވުރެއް ޒިންމާދާރު ވާންޖެހޭ.. ދުރާލާ ކަންކަމުގައި އުޅެންޖެހޭ،، މި ކޮމެންޓް ޖަހާނެބާ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.