އޭދަފުށީ ކައުންސިލުގެ ރައީސް އިސްތިއުފާ ދެއްވަނީ

އަލީ ވަހީދު. ކައުންސިލުން އިސްތިއުފާ ދެއްވަން އޭނާ ވަނީ ނިންމަވާފައި.-- ފައިލް ފޮޓޯ
އަލީ ވަހީދު. ކައުންސިލުން އިސްތިއުފާ ދެއްވަން އޭނާ ވަނީ ނިންމަވާފައި.– ފައިލް ފޮޓޯ

 

ބ. އޭދަފުށި ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި އަލީ ވަހީދު އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.

“އީޓީ”އަށް އަލީ ވަހީދު މިއަދު ވިދާޅުވި ގޮތުގައި ކައުންސިލްގެ ރައީސްކަމާއި ކައުންސިލަރު ކަމުން ވެސް އިސްތިއުފާ ދެއްވަން ނިންމެވީ ކައުންސިލު ތެރެއިން ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ފުރުސަތު ނުލިބޭތީ އެވެ.

“އަޅުގަނޑު ކައުންސިލުގެ ރައީސް ކަމާއި ކައުންސިލުން އިސްތިއުފާދޭން މި ނިންމީ ކައުންސިލުގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ފުރުސަތު ނުލިބޭތީ،” މިދިޔަ ދައުރުގައިވެސް ކައުންސިލުގެ ރައީސްކަން ކުރެއްވި އަލީ ވަހީދު ވިދާޅުވި އެވެ.

ކައުންސިލުގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ފުރުސަތު ނުލިބޭކަމަށް އަލީ ވަހީދު ވިދާޅުވި އިރު އޭދަފުށީ ކައުންސިލަކީ ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ކައުންސިލެކެވެ.

އޭދަފުށީ ކައުންސިލުގަިއ ތިއްބަވަނީ އަލީ ވަހީދާއެކު ޕީޕީއެމްގެ ހަތަރު ކައުންސިލަރުންނާއި ޖުމްހޫރީ ޕާޓީ އަދި އެމްޑީޕީގެ ކައުންސިލަރެކެވެ.

އޭނާ ވިދާޅުވީ އޯގަސްޓް މަހު ތެރޭ ކައުންސިލުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.

މީގެ ކުރިންވެސް އަލީ ވަހީދު ކައުންސިލުން އިސްތިއުފާ ދެއްވަން އުޅޭ ކަމަށް އެކި ފަހަރުމަތިން އަޑުފެތުރިފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. ހާލިދު

    އަލިފުޅަކަށް ނުކެރޭނެ ތިކަންކުރާކަށް، އަލިފުޅުބުނާބަހުގެ އިތުބާރެއްނެތް. ހޮވިއްޖިއްޔާބުނި ކަލޭމެންކުނިއުކަންދާކަށްނުޖެހޭނެ، ބޮޑު ދެ ޕިކަޕް ގޭދޮރުމައްޗަށް ކުނިނަގަންދާނެއޭ. ދެން ބުނީ އިރުމަތީކޮޅު ފުޓްބޯޅަދަނޑު ހަދާނަމޭ، އެއްކަމެއްވެސް ނުވި، އަދި ނުވިތާކަށް ކުރީ ޖެއްސުން، ދެން ކީއްކުރާނީ އިސްތިއުފާނުދީ.

    ރައްދު
  2. may

    ކޑ ގެ އުނދަގޫ މީ. ދެން ޕޕމ އިން އަންނަނީ ވޯޓު ހޯދަން ފަސޭހައަކަށް. ދެން ވަރަށް ބޮޑަށް ވިސްނަންޖެހޭނޭ ދެފުއްކެރިންނާ މެދު

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.