ކައުންސިލުގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ފުރުސަތު ނުލިބޭ: އަލީ ވަހީދު

އޭދަފުށީ ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -  އީޓީ ފޮޓޯ: ތޯރިގު އަބްދުއްރަހްމާން
އޭދަފުށީ ކައުންސިލުގެ ރައީސް އަލީ ވަހީދު، ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ފުރުސަތު ކައުންސިލުގެ ތެރެއިން ލިބިވަޑައި ނުގަންނަވާ ކަމަށް އޭނާ ވިދާލުވޭ

 

އޭދަފުށީގެ ތަރައްގީއަށް ރަށު ކައުންސިލުން ކުރަންޖެހޭ ގިނަކަންތަކެއް ހުރިކަން ގަބޫލުކުރާ ކަމަށާއި އެކަންކަން ކުރުމުގެ ފުރުސަތު ކައުންސިލުގެ ތެރެއިން އޭނާ އަށް ލިބިވަޑައިނުގަންނަވާ ކަމަށް ރަށު ކައުންސިލުން އިސްތުފާ ދޭން ނިންމަވާފައިވާ އޭދަފުށީ ކައުންސިލުގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އަލީ ވަހީދު ވިދާޅުވީ ރަށުގެ ތަރައްގީއަށް އެންމެބޮޑު އެހީތެރިކަމަކާ އެއްބާރުލުން ދޭންޖެހޭ އެ ކައުންސިލްގެ ބައެއް މެންބަރުންގެ ފަރާތުން ބޮޑެތި ހުރަސްތައް އޭނާ އަށް މެދުވެރިވާ ކަމަށާއި އަދި ކައުންސިލުގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ފުރުސަތު ނުލިބޭ ކަމަށެވެ

އަލީ ވަހީދު ވިދާޅުވި ގޮތުގައި ކައުންސިލަށް އެކިގޮތްގޮތުން ކޮންމެ މަހަކުވެސް ބޮޑު އާމުދަނީއެއް ލިބެމުން އަންނަ ކަމަށާއި ނަމަވެސް ސީދާ ރައްޔިތުންނާ ގުޅުންހުރި ބައެއް އިމާރާތްތައް މަރާމާތުނުކޮށް އަލާ ނުލުމުގެ ސަބަބުން އަންނަނީ ވަރަށް ބޮޑަށްހަލާކުވަމުންވެވެ.

 

“މިއީ ފައިސާއާ ވަސީލަތްތައް ފުރިހަމަވެފައި އޮއްވާ ހަމައެކަނި ކައުންސިލްގެ މެންބަރުންް އާއެކޭ ބުނުމުން ވާންހުރި ކަންތައްތައް، ނަމަވެސް ކައުންސިލުގެ އެއްބާރު ނުލިބިގެން މިކަންތަތްތައް ނުވެ އިމާރާތްތައް ވިރާނާވެގެން އެދަނީ،” މިދިޔަ ދައުރުވެސް އޭދަފުށީ ކައުންސިލުގެ ރައީސްކަން ކުރެއްވި އަލީ ވަހީދު ވިދާޅުވި އެވެ.

 

E8

އަލީ ވަހީދު ގަބޫލުކުރައްވާ ގޮތުގައި ކައުންސިލުގެ ބައެއް އެހެން މެންބަރުންގެ އެއްބާރުލުން މިފަދަ ކަންތައްތަކުގައި ނުލިބެނީ އެއީ އޭނާ ހުށަހަޅުއްވައިގެން ކުރަންއުޅޭ ކަމަކަށްވާތީވެ އެކަންކުރަން ބޭނުންނުވާތީ އެވެ.

“މިކަހަލަ މަސައްކަތްތަކަށް އިސްނަގައިގެން އުޅުނު މީހަކީ އަޅުގަނޑު ކަމަށް ވުމުން ރައްޔިތުންގެ ފަރާތުން ޝުކުރުގެ ބަހެއް ނުވަތަ ޕްލަސް ޕޮއިންޓެއް އަޅުގަނޑަށް ލިބިދާނެތީ އެކަން ވިޔަ ނުދޭން އުޅެނީ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،” އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި މި ފެށޭ އޯގަސްޓްމަހުތެރޭ އޭނާ އޭދަފުށީ ކައުންސިލުން އިސްތިއުފާދެއްވާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.